ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
18،000 ބިދޭސީންގެ މައުލޫމާތު އެއްކޮށްފި
މަރިޔަމް އަނާ
18 ޑިސެމްބަރ 2024 - 13:28
0
comments
Tweet
Telegram
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ މައުލޫމާތު އެއްކުރަން ކުރިއަށްް ގެންދާ "ކުރަނގި" އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް 18،000 އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފި އެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓާ ޢަބްދުލްމަޖީދު އިބްރާހީމް ވިދާޅުވީ މިހާތަނަށް 18919 ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފައިވާ ކަމަށާއި، އަދި 194 ރަށެއްގައި މި މަސައްކަތް ފަށައި 50 ރަށެއްގައި މި މަސައްކަތް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައިހުރި ޤަނޫނާއި ޤަވާއިދުގެ ދަށުންތޯ މި އޮޕަރޭޝަނުގެ ތެރެއިން ޔަގީން ކުރާނެއެވެ.
މި އޮޕަރޭޝަނަށް ބޭނުންވާ މަޢުލޫމާތު އެއްކުރަނީ ކައުންސިލް އިދާރާތަކުގައި ބިދޭސީންގެ ބަޔޯ މެޓްރިކްސް ނެގުމުގެ އިންތިޒާމު ގާއިމްކޮށްގެންނެވެ. އެ މައުލޫމާތުގެ އަލީގައި ބިދޭސީންގެ މައި ދަފުތަރެއް އެކުލަވާލާނެ ކަމަށް ހޯމް މިނިސްޓަރު އިހުސާން މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
މަރުހަލާތަކަކަށް ބަހާލައިގެން، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް 3 އަހަރު ދުވަހުގެ ތެރޭގައި ހައްލު ހޯދުމުގެ މަގުސަދުގައި ފެށި މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގައި، ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރި ނަމަވެސް އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ފަހިކޮށްދެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ފުރަތަމަ މަރުހަލާ ނިމުމަށް ފަހު ރަސްމީ ލިޔެކިޔުން ނެތި، ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި، ގައުމުތަކުގެ އެމްބަސީތަކާ ގުޅިގެން އެމީހުން އަނބުރާ ގައުމަށް ފޮނުވައިލާނެ އެވެ.
"ކުރަނގިި" އޮޕަރޭޝަން ފެށީ މި އަހަރުގެ ޖޫން 2 ގަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
4 ދުވަސް ކުރިން
0
ސެންޓްރަލް ޖަލު އެޅެންދެން ކަރެކްޝަންސަށް ވަގުތީ ގޮތުން ބިމެއް ދީފި
18 ދުވަސް ކުރިން
0
ބިދޭސީންތަކެއްގެ މެދުގައި ބޮޑު މާރާމާރީއެއް
28 ދުވަސް ކުރިން
0
އިމިގްރޭޝަން މައްސަލަ: ހައްޔަރުކުރި އެންމެންގެ ވަނަވަރު ހާމަކޮށްފި
1 މަސް ކުރިން
0
ޝައްމާންގެ އެޕާޓްމަންޓުން ގިނަ އަދަދެއްގެ ފައިސާ ފުލުހުން ހޯދައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މެންބަރެއްގެ ދައުރު ހަމަވާތީ ބްރޯޑްކޮމްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
11 ގަޑިއިރު ކުރިން
0
އެއްބުރުން ރައީސަކު ހޮވަން ނަޝީދު ތާއީދުކުރައްވައިފި
11 ގަޑިއިރު ކުރިން
0
އެގްރިކަލްޗާ މިނިސްޓްރީއަށް އޭސީސީ އާއި ފުލުހުން ވަދެއްޖެ
11 ގަޑިއިރު ކުރިން
0
ރައީސް، ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް ބޭފުޅަކު އައްޔަންކުރައްވައިފި
14 ގަޑިއިރު ކުރިން
0