ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓާމިނަލްގެ މަސައްކަތްކުރާ ބިދޭސީންތަކެއްގެ މެދުގައި ބޮޑު މާރާމާރީ ހިންގައި ގިނަ ބަޔަކަށް އަނިޔާވެގެން ފަރުވާ ދޭން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި، ސައިޓުގައި ހިނގި ދެ ބަސްވުމެއްގައި ޗައިނާ އާއި ބަންގްލަދޭޝް މީހުން އެއްވެގެން، މިސްރުގެ މަސައްކަތްތެރިންނަށް ވަނީ ހަމަލާދީފަ އެވެ.ފުލުހުން ބުނީ، މި މާރާމާރީ އާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި، އަނިޔާވި މީހުން ހުޅުމާލެ ހޮސްޕިޓަލާއި ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށެވެ.ނަމަވެސް، މި މާރާމާރީގައި އަނިޔާވި މީހުންގެ އަދަދެއް އަދި ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނޭނގެ އެވެ.