ޚަބަރު
ދެކުނު ކޮރެއާގެ ފްލައިޓް ވެއްޓުމާ ގުޅިގެން ރައީސްގެ ތައުޒިޔާ
ދެކުނު ކޮރެއާގެ ފްލައިޓެއް ވެއްޓި ހިނގި ހާދިސާއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމުގެ ވަގުތީ ރައީސް ޗޮއި ކޮރެއާގެ ވަގުތީ ރައީސް ޗޮއި ސަންގ-މޮކްއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އެވެ. 

ރައީސް ފޮނުއްވެވި ތައުޒިޔާގެ މެސެޖުގައި ވިދާޅުވީ މުއާން އިންޓަނޭޝަނަލް އެއަރޕޯޓުގައި ފްލައިޓެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާގެ ޚަބަރު އެއްސެވީ ހައިރާންކަމާއި ފުން ހިތާމައާއެކުގައިކަމަށެވެ.

މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި ކޮރެއާ ސަރުކާރަށާއި ރައްޔިތުންނަށް، ޚާއްޞަގޮތެއްގައި މި ހާދިސާގެ ސަބަބުން އަސަރުކުރި ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ރައީސް ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ.

މީގެއިތުރުން ރައީސް ވަނީ މި ހާދިސާގެ ސަބަބުން ދިމާވި ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކުން ކާމިޔާބު ލިބުމަށް އެދިވަޑައިގެން، އެކަމުން އަރައިގަތުމުގެ ހިތްވަރާއި ސާބިތުކަމަށް އެދިވަޑައިގެންފަ އެވެ.

އިއްޔެ ފަތިހު 9:03 ހާއިރު ހިނގި މިހާދިސާއާއި ގުޅިގެން އެ ވަގުތު 181 މީހުންގެ ތެރެއިން 179 މީހުން މަރުވެފައިވާ ކަމަށް ދެކުނު ކޮރެއާގެ ކަމާ ގުޅޭ އިދާރާތަކުން މައުލޫމާތުދެ އެވެ. ސަލާމަތްވީ ދެ ފަޅުވެރިން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހާދިސާ ހިނގީ ބޯޓު ރަންވޭއަށް ޖެއްސި ވަގުތު ކަހާލައިގެން ގޮސް އެ ދިމާލުގައި ހުރި ފާރެއްގައި ޖެހިގެން ކަމަށް ރިޕޯޓްތައް ބުނެ އެވެ. 

މިއީ، ދެކުނު ކޮރެޔާގެ ތާރީހުގައިވެސް ހިނގާފައިވާ އެންމެ ނުރައްކާތެރި ވައިގެ ހާދިސާއެވެ. އަދި، ފާއިތުވި ތިން ދަހަރެއްހާ ދުވަހުގެ ތެރޭގައި އެ ޤައުމުގެ އެއަރލައިނަކަށް ކުރިމަތިވި އެންމެ ނުރައްކާތެރި ހާދިސާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު