ޚަބަރު
ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށްދާން އެދެފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މާދަމާ ވަރަށް ބޮޑަށް ބާރުބޮޑުވާނެ ކަމަށް ލަފާކޮށް ދަތުރުގެ ތިން ގަޑިއިރު ކުރިއަށް ހުޅުލެއަށް ދިޔުމަށް އެއާޕޯޓް ހިންގާ ކުންފުނި އެމްއޭސީއެލް އިން އެދެފި އެވެ.

އެ ކުންފުނިން ފޮނުވި މެސެޖެއްގައި ވަނީ މާދަމާ ރާއްޖެއިން ފުރާ ދަތުރުވެރިން، އެއާޕޯޓަށް ހާޒިރުވާންޖެހޭ ވަގުތުގެ މަދުވެގެން ތިން ގަޑިއިރު ކުރިން ހާޒިރުވުމަށް އެދޭ ކަމަށެވެ. އެއީ އެއާޕޯޓުގެ މަގުތަކާއި ޓާމިނަލް ސަރަހައްދުގައި ތޮއްޖެހުން ކުޑަ ކުރުމަށް ޓަކައެވެ.

އަދި ޕީކު ގަޑިތަކުގައި ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުންގެ ފަރާތުން އެއްބާރުލުން ދީ، އެއާޕޯޓު ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުނަ ނުދިނުމަށް އެމްއޭސީއެލްއިން ވަނީ އެދިފައެވެ.

މާދަމާ އެއާޕޯޓު އެންމެ ބާރުބޮޑުވާ ވަގުތުތަކުގެ ތެރޭގައި:

  • 06:00އިން 09:00އާ ދެމެދު 618 އުމްރާވެރިން ހިމެނޭ ގޮތަށް 2،678 މީހުން ރާއްޖެ އަންނާނެ ކަމަށް އަންދާޒާ ކޮށްފައިވޭ
  • 06:00އިން 09:00އާ ދެމެދު 1,372 ރާއްޖެއިން ފުރާނެ ކަމަށް އަންދާޒާ ކޮށްފައިވޭ
  • 14:00އިން 16:00އަށް 452 އުމްރާވެރިން ހިމެނޭ ގޮތަށް 2,071 މީހުން އަންނާނެ ކަމަށް އަންދާޒާކޮށްފައިވޭ
  • 14:00އިން 16:00އަށް 1,091 ރާއްޖެއިން ފުރާނެ ކަމަށް އަންދާޒާ ކޮށްފައިވޭ
އެކި ގުރޫޕުތަކުގެ ހަވާލުގައި 6،300 އަށް ވުރެ ގިނަ މީހުން އުމްރާގެ އަޅުކަން އަދާކުރަން ސައުދީ އަރަބިއްޔާއަށް ވަނީ ގޮސްފަ އެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް އެއްފަހަރާ އުމްރާގެ އަޅުކަމުގައި ބައިވެރިވުމަށް އެންމެ ގިނަ ބަޔަކު ދަތުރުކުރި ފަހަރެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު