ޚަބަރު
މިފްކޯގައި އޮތް ކޮރަޕްޝަން މުލުން ލުހެލާނަން: ރައީސް
މިފްކޯގެ ކޮރަޕްޝަންތައް މުލުން ލުހެލާނެ ކަމަށާއި މަސްވެރިން ބޭނުންވާ ބަދަލުތައް މިފްކޯއިން ފެންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ ހުވަދުއަތޮޅަށް، އެމަނިކުފާނު ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މީޑިއާތަކަށް ދެއްވި ބަސްތީގަތުމެއްގަ އެވެ. 

ރައީސް ވިދާޅުވީ މިފްކޯ ރިފޯމްކޮށް ހަރުދަނާ ކުރުމުގެ ގޮތުން ބޭކާރު ހަރަދުތައް މަދުކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

"އެތަނުގެ އެތެރޭގައި ޒަމާންތަކެއް. ވަންދެން އެކިއެކި ގޯސްތައް ހިނގާ، އަޅުގަނޑު ގަބޫލުކުރަނީ ކޮރަޕްޝަންގެ އަމަލުތައް ގޮތަށް ފެންނަ ކަމެކޭ. އަޅުގަނޑުމެން ހުރިހާ ކަމެއް މުލުން ލުހެލާނަން،" ގއ. ދެއްވަދޫގައި ހުންނަވައިގެން ރައީސް ވިދާޅުވި އެވެ.

ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އެ އަޒުމުގައި ކަމަށާއި އެ ކުންފުންޏަށް ބޭރުގެ ސީއީއޯއެއް އައްޔަން ކުރެއްވީ ވެސް އެެހެންވެ، ކަމަށް ރައީސް ވިދާޅުވި އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު އެ ކުންފުންޏަށް އައްޔަން ކުރީ ސްވިޓްޒަލެންޑުގެ ރައްޔިތެއް ކަމަށްވާ ޑރ. ވިޓާލީ ލުބިމޯވް އެވެ. އެއީ ސްޓްރެޓީޖިކް ކްރައިސިސް މެނޭޖްމެންޓުގެ ދާއިރާގެ ސްޕެޝަލިސްޓެއްގެ ގޮތުގައި 20 އަހަރު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ މަސް ކުންފުންޏަށް ފުރަތަމަ ފަހަރަށް ބޭރުގެ ބޭފުޅަކު އައްޔަން ކުރެއްވީ ވެސް ކޮރަޕްޝަނާ ދެކޮޅަށް ކުރައްވާ މަސައްކަތުގެ ތެރެއިންނެވެ.

ފަތުރުވެރިކަމަކީ ރާއްޖޭގެ ޖީޑީޕީގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ސިނާއަތްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ފަތުރުވެރިކަމަށްވުރެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވޭނެ ކަމަށެވެ.

"މަސްވެރިކަމުގެ އިންޑަސްޓްރީއަކީ އެއަށްވުރެވެސް (ފަތުރުވެރިކަމަށްވުރެ) މައްޗަށް ގެންދެވޭނެ އިންޑަސްޓްރީއެއް. ޑައިވާސިފައިކުރަން ވެސް އެބައޮތް ވަރަށް ބޮޑަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވަނީ މަސްވެރިންނަށްވެފައިވާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމުގެ ވައުދު މިދިޔަ ޑިސެމްބަރު 10 އިން ފެށިގެން ފުއްދަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު