ޚަބަރު
ޓޫރިޒަމް މިނިސްޓަރު ފައިސަލް މަގާމުން ވަކިކޮށްފި
ފަތުރުވެރިކަމާ ބެހޭ ވަޒީރުކަމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲގެ ދަރިކަލުން އިބްރާހިމް ފައިސަލް މިއަދު އެ މަގާމުން ވަކިކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފައިސަލް ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ވަކިކުރައްވާފައި ކަމަށެވެ. އަދި އެ މިނިސްޓްރީގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައި ވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ފައިސަލް އައްޔަނު ކުރުމުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. ހާއްސަ ގޮތެއްގައި އެ ދާއިރާއިން އޭނާގެ ތަޖުރިބާ ނެތުމުންނާއި ތައުލީމީ ސަނަދެއް ނެތުމުން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.

އަދި، އެކިއެކި އިވެންޓްތަކުން އިނގިރޭސި ބަހުން ވާހަކަ ދެއްކުން ކޮށިވެގެން ވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.  ނަމަވެސް އެކަން ރަގަޅު ކުރައްވަން ފައިސަލް މަސައްކަތް ވެސް ކުރެއްވި އެވެ.

ފައިސަލް މަގާމުން ވަކިކުރި ސަބަބެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު