ޚަބަރު
ލޯންޗެއް ދިޔަވެ، ކަނޑުވި 44 މީހުންނާއި 4 ކުޑަކުދިން ސަލާމަތްކޮށްފި
ހުވަން ލޯންޗު ދިޔަވުމާ ގުޅިގެން ކަނޑުވެފައި ތިބި މީހުން
ލޯންޗެއް ދިޔަވެ، ކަނޑުވި 44 މީހުންނާއި ހަތަރު ކުޑަކުދިން މިއަދު ސަލާމަތްކޮށްފި އެވެ.

އޭގެން ދަތުރުކުރި 45 ފަސިންޖަރުންނާޢި ތިން ފާޅުވެރިން ކަނޑުވެ އޮޔާ ދަނިކޮށް ފުލުހުން އެމީހުން ސަލާމަތް ކޮށްފި އެވެ.

ފުލުހުން ބުނީ ދިޔަވެފައި ވަނީ ހުވަން ނަމަކަށް ކިޔާ ލޯންޗެއް ކަމަށާއި އޭގެން ދަތުރުކުރި ހުރިހާ އެންމެން ވެސް ސަލާމަތް ކޮށްފައިވާ ކަމަށެވެ. ސަލާމަތް ކުރި ކުޑަކުދިންގެ ތެރޭގައި ހަތަރު ކުޑަ ކުދިން ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

އެ ހުރިހާ އެންމެން ވެސް މިހާރު ދިގުރަށަށް ގެންގޮސްފައިވާ ކަމަށާއި ހުރިހާ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ ފުރިހަމަ ތަހުގީގެއް ކުރަމުން އަންނަ ކަމަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު