ކަނޑުވި މީހުން ސަލާމަތްކުރަން ފުލުހުން ކުރި މަސައްކަތަށް ތައުރީފު
އަލީ ރާޒީ
03 މާޗް 2025 - 03:50
0 comments
އަޑިއަށްދިޔަ ލޯންޗުން މީހުން ސަލާމަތްކުރުން
މިއަދު ހެނދުނު މަހިބަދޫ އާއި ދިގުރަށާ ދެމެދު "ހުވަން" ނަމަކަށް ކިޔާ ލޯންޗެއް ދިޔަވެ އަޑިއަށްދިއުމާ ގުޅިގެން މީހުން ސަލާމަތްކުރުމަށް ހިންގި އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ތައުރީފު ކުރައްވައި ޝުކުރު އަދާ ކުރައްވައިފި އެވެ.
ދިގުރަށަށުން މާލެއަށް ދަތުރުކުރަމުންދިޔަ މި އުޅަނދުގައި 45 ފަސިންޖަރުންނާއި ތިން ފަޅުވެރިން ދަތުރު ކުރި އެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 07:57 ގަ އެވެ.ސީޕީ ޝުޖާއު ވިދާޅުވީ ހާއްސަކޮށް ރަމަޟާން މަހުގެ ދުވަހެއްގެ ހެނދުނުގެ ވަގުތުގައި މި މަސައްކަތް ކުރިއަށް ގެންދިއުމުގައި އޮފިސަރުން ދެއްކި ނަމޫނާއަށް ޝުކުރު އަދާކޮށް އެ މަސައްކަތާމެދު ފަހުރުވެރިވާ ކަމަށެވެ. އަދި މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރި މަސައްކަތުގެ މުހިންމުކަން ފާހަގަކޮށް، ސަލާމަތްކުރުމުގެ މަސައްކަތް ވިލަރެސްކުރުމުގައި ކޮށްފައިވާ މަސައްކަތް ވެސް ސީޕީ ފާހަގަކުރެއްވި އެވެ.ޚާއްސަކޮށް ސީޕީވަނީ ރަމަޟާން މަހުގެ ދުވަހެއްގެ ހެނދުނުގެ ވަގުތުގައި މި މަސައްކަތް ކުރިއަށް ގެންދިއުމުގައި އޮފިސަރުން ދެއްކި ނަމޫނާއަށް ޝުކުރު އަދާކުރައްވައި، އެ މަސައްކަތާމެދު ފަޚުރުވެރިވާކަމަށް ވިދާޅުވެފައެވެ. އަދި މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރި މަސައްކަތުގެ މުހިންމުކަން ފާހަގަކުރައްވައި، ސަލާމަތްކުރުމުގެ މަސައްކަތް ވިލަރެސްކުރުމުގައި ކޮށްފައިވާ މަސައްކަތް ވެސް ސީޕީ ފާހަގަ ކުރެއްވި ކަމަށް ފުލުހުން ބުންޏެވެ.މި އޮޕަރޭޝަންގައި އާންމު ރައްޔިތުންގެ ދައުރު ފާހަގަކުރައްވައި، މީހުން ދިގުރަށަށް އަނބުރާ ގެންދިއުމުގައި އެހީތެރިވި ލޯންޗެއް ފާހަގަކުރައްވައި ރީޖަން ކޮމާންޑަރު ވަނީ އެ މީހުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ވިއްސާރަކުރަމުންނެވެ. ޚާއްސަކޮށް ކަނޑުތައް ވެސް ގަދަވާނެތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު