ޚަބަރު
މެލޭޝިއާގައި ދިވެއްސަކު ގެއްލިގެން ހޯދަނީ
މެލޭޝިއާގައި ގެއްލިގެން ހޯދަމުންދާ އަހުމަދު އުސައިދު އިބްރާހީމް އަފީފް (ފޮޓޯ/ ސޯޝަލް މީޑިއާ)
މެލޭޝިއާގައި ދިރިއުޅޭ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ދިވެއްސަކު ގެއްލުނު ކަމުގެ ރިޕޯޓު ލިބުމުން ހައި ކޮމިޝަނުން، އެ ގައުމުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ.

"ދިވެއްސެއް ގެއްލިގެން އުޅޭ ޚަބަރު ވަނީ މިނިސްޓްރީއަށް ލިބިފައެވެ. މެލޭޝިއާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ދަނީ މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެފަރާތް ހޯދުމުގެ މަސައްކަތް ކުރަމުން،" ފޮރިން މިނިސްޓްރީން މީޑިއާތަކަށް ފޮނުވި މެސެޖުގައިވެ އެވެ.

ގެއްލިގެން ހޯދަމުންދާ މީހާގެ އާއިލާއިން ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވާ ގޮތުން އޭނާ އެންމެ ފަހުން ހަބަރެއްވީ އިއްޔެ މެލޭޝިއާ ގަޑިން ހަވީރު ތިނެއް ޖަހާއިރެވެ.

ގެއްލިގެން ހޯދަނީ އަހުމަދު އުސައިދު އިބްރާހީމް އަފީފް ނަމަކަށް ކިޔާ މީހެކެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު