ވީއައިއޭގެ އާ ޓާމިނަލް ޖުލައި 26ގައި ހުޅުވަނީ
މަރިޔަމް އަނާ
27 މެއި 2025 - 20:03
0 comments
ވީއައިއޭ އަ ޓާމިނަލް މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: ރައީސް އޮފީސް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް މިއަހަރުގެ ޖުލައި 26ގައި ހުޅުވާނެ ކަމަށް އެމްއޭސީއެލް އިން މިއަދު ބުނެފިއެވެ.
އޭވިއޭޝަން ފޯރަމްގައި ވާހަކަދައްކަވަމުން ވީއައިއޭ ހިންގާ ކުންފުނި -- އެމްއޭސީއެލްގެ ޗީފް ޓެކްނޮޮލޮޖީ އޮފިސަރު ޝަފީޒު އަހްމަދު ވިދާޅުވީ ވީއައިއޭގެ ހިދުމަތް ރަނގަޅު ކުރުމަށްޓަކައި މިވަގުތު ކުރާ އެންމެ ބޮޑު އެއް މަސައްކަތަކީ ޖުލައި 26 އަށް އާ ޓާމިނަލްގެ އެއްބައި ހުޅުވާލުން ކަމަށެވެ.
"އާ ޓާމިނަލާ އެކު ހިދުމަތްތަކަށް ބަދަލުތަކެއް އަންނާނެ. ސެލްފް ޗެކިން ކައުންޓަރުތަކާއި ބެގޭޖު ޑްރޮޕް އިން ކައުންޓަރުތައްވެސް އޭރުން ހުންނާނެ. އޭރުން ދެން ހުންނާނީ އޮޓަމޭޓެޑް ބެގޭޖު ހެންޑްލިން،" ޝަފީޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އާ ޓާމިނަލް ހުޅުވީ މުޅިން އަލަށް ބަހައްޓާފައިވާ ހަ އެއިރޯބްރިޖާ އެކު ކަމަށެވެ. އެއާޕޯޓުގައި މިހާތަނަށް ހިންގާ އެންމެ ބިޔަ މަޝްރޫއުގެ ތެރޭގައި ހިމެނޭ އާ ޓާމިނަލްގެ މަސައްކަތަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ސައުދީގެ ބިންލާދިން ގްރޫޕާ ހަވާލުކުރި މަސައްކަތެކެވެ.ބިން ލާދިން ގްރޫޕާ އާ ޓާމިނަލްގެ މަސައްކަތް ހަވާލުކުރީ ގާތްގަނޑަކަށް 5.3 ބިލިއަން ދިވެހި ރުފިޔާއަށެވެ.މި މަޝްރޫއަކީ ރައީސް ޑރ، މުހައްމަދު މުއިއްޒު ވެސް އެންމެ އިސްކަމެއްދެއްވާ އެއް މަޝްރޫއެވެ. އެގޮތުން ޔޫއޭއީ ސަރުކާރު މެދުވެރިކޮށް މި ފަހުން ރައީސް ވަނީ އެ މަޝްރޫއަށް 1.2 ބިލިއަން ރުފިޔާ ހޯއްދަވާފައެވެ.ރައީސް ވިދާޅުވީ މަސައްކަތް ކުރައްވަނީ މި އަހަރުގެ ޓޫރިޒަމް ސީޒަން ފެށެންވާއިރަށް އެ މަޝްރޫއު އެއްކޮށް ނިންމައިލާ، ޓާމިނަލް އޮޕަރޭޝަނަށް ގެނައުމަށް ކަމަށެވެ.
ކިޔުންތެރިންގެ ޝުއޫރު