މަދަނީ ޖަމިއްޔާތަކުގެ އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި
އަލީ ރާޒީ
28 މެއި 2025 - 22:40
0 comments

ރަޖިސްޓްރީކޮށްގެން ހިންގާ މަދަނީ ޖަމުޢިއްޔާ/ޖަމާޢަތްތަކުން މުޖްތަމައު ބާރުވެރިކުރުމުގެ ގޮތުން ހިލޭސާބަހަށް ކުރާ މަސައްކަތްތައް ފާހަގަކޮށް، އެޖަމުއިއްޔާތަކުގެ އަގުވަޒަން ކުރުމުގެގޮތުން ދިނުމަށް ކަނޑައަޅާފައިވާ "ސިވިލް ސޮސައިޓީ އެވޯޑް"އަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
މި އިނާމުގެ ސަބަބުން ޖަމިއްޔާތަކުން ކުރާ މަސައްކަތްތައް ގައުމީ ފެންވަރުގައި ފާހަގަކުރެވިގެންދާނެ ކަމަށް ޔޫތު މިނިސްޓްރީން ދެކެ އެވެ.
މަދަނީ ޖަމިއްޔާތަކުގެ އިނާމު ލިބޭ ފަރާތްތަކަށް، ޖަމިއްޔާތަކަށް ދެވޭ ހާއްސަ އެވޯޑާއި، ސެޓްފިކެޓެއް ދިނުމަށް ހަމަޖެހިފައިވެ އެވެ.
މިއެވޯޑަށް ނަން ހުށަހެޅުމަށް ޝައުގުވެރިވާ ޖަމިއްޔާތަކަށް އެ ފުރުސަތު ހުޅުވާލާފައިވަނީ މިއަހަރުގެ ޖުލައި 10ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:00ގެ ކުރިން ޔޫތު މިނިސްޓްރީގެ ކައުންޓަރަށް ނުވަތަ އެ މިނިސްޓްރީގެ އީމެއިލްއަށެވެ.އިނާމް ދޭ ދާއިރާތައް
- އަންހެނުންނާއި ކުޑަކުދިންނާއި ޒުވާނުންގެ ހައްޤުތައް ޙިމާޔަތްކޮށް އެފަރާތްތައް ބާރުވެރިކުރުވުން
- ޚާއްސައެހީގެ ދާއިރާ
- ތަޢުލީމީ ދާއިރާ
- މަސައްކަތްތެރިކަން ކުރިއަރުވާ އާލާ ކުރުން
- ދިވެހިންގެ ސަޤާފަތާއި އާދަކާދަތަކާއި ތާރީޚި ތަރިކަ، ދިވެހި ބަސް ދިރުވުން
- ފަންނުވެރިކަން (އާޓްސް) އަދި (އައި.ސީ.ޓީ) ދާއިރާ ދިރުވައި އާލާކުރުން
- ތިމާވެށީގެ ދާއިރާ
- ސިއްޙީ ދާއިރާ އަދި ދުޅަހެޔޮ މުޖުތަމަޢުއަކަށް މަސައްކަތް ކުރުން
- މަސްތުވާ ތަކެތިން މުޖުތަމަޢު ރައްކާތެރިކުރުން
ކިޔުންތެރިންގެ ޝުއޫރު