
ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ.މި ބިލު މަޖިލީހުން ފާސްކުރީ މި މަހުގެ 15ވަނަ ދުވަހެވެ.ބިލުގައިވަނީ އޭޖީ އޮފީސް ސިވިލް ސާވިސްއިން ވަކިކޮށްފަ އެވެ. މި ބިލު ތަސްދީގު ކުރެއްވުމާއެކު އޭޖީ އޮފީހުގެ ގާނޫނު ވުޖޫދުވީ އެވެ.މި ގާނޫނަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެން ތިން މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.އޭޖީ އޮފީހުގެ ގާނޫނަކީ ގާނޫނު އަސާސީން އޭޖީއަށް މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެހީތެރިވެދޭނެ ދައުލަތުގެ ވަކީލުންނާއި އެ އޮފީހުގެ މުވައްޒަފުންނާ ގުޅޭ، ހިންގުމުގެ އޮނިގަނޑު ގާއިމްކޮށްދޭ ގާނޫނެކެވެ.މިޤާނޫނުގައިވާ ގޮތުން ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން ދެބަޔަކަށް ބަހާލެވޭނެ އެވެ. އެއީ ލީގަލް ސަރވިސްއާއި އެޑްމިނިސްޓްރޭޓިވް ސަރވިސްއެވެ. މުވައްޒަފުންނަށް ދޭ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ގާނޫނުގައިވާ ގޮތުން ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ ސިޔާސަތުތަކާއި ހަމަތަކާ އެއްގޮތަށް މާލީ ވަޒީރުއެވެ.