
މި ރަސްމީ ދަތުރުފުޅުގައި އަންވަރު ރާއްޖެ ވަޑައިގަންނަވަނީ އަންނަ ހަފުތާ ހޯމަ ދުވަހުގެ ރެއެވެ. އަދި ފުރާވަޑައިގަތުމަށް ނިންމަވާފައިވަނީ ޖެހިގެން އަންނަ އަންގާރަ ދުވަހު އެވެ.މި ދަތުރުފުޅާ ގުޅޭގޮތުން، ރައީސް އޮފީހުގެ ޗީފް ގަވަމަންޓް ސްޕޯކްސްޕާސަން، މުހައްމަދު ހުސައިން ޝަރީފް (މުންދު) އާ ސުވާލު ކުރުމުން މިހާތަނަށް ވަކި ޖަވާބެއް ދެއްވާފައެއް ނުވެ އެވެ.އެ މަނިކުފާނު އަންނަ ހޮނިހިރާއި އާދިއްތަ ދުވަހު އިންޑިއާގައި ބާއްވާ ބްރިކްސް ސަމިޓަށް ވަޑައިގަންނަވާ ކަމަށް ބޭރުގެ މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ.