ޚަބަރު
ލަންކާ ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް ހުއްޓިފައި އޮންނަތާ މަހެއް!
ފޮޓޯ: ލަންކާ ހޮސްޕިޓަލް
ލަންކާ ހޮސްޕިޓަލާ އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އާސަންދައިގެ ހިދުމަތް ހުއްޓިފައި އޮންނަތާ އެއް މަސް ވެއްޖެ އެވެ.

ލަންކާގައި ދިރިއުޅޭ ގިނަ ދިވެހިން ފަރުވާ ހޯދާ ހޮސްޕިޓަލަށް އާސަންދަ މެދުކަނޑާލުމުން، ހިދުމަތް ހޯދަން އެ ހޮސްޕިޓަލަށް ދާ ދިވެހިންނަށް މިހާރު ވަނީ ވަރަށް ބޮޑު ތަކުލީފެއް ޖެހިފަ އެވެ.

އާސަންދައިގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އައިމިނަތު ޒީނިޔާ މިފަހުން ވިދާޅުވީ ލަންކާ ހޮސްޕިޓަލްސް އިން އާސަންދައިގެ ހިދުމަތް ދިނުން ހުއްޓާލީ އެ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މިދިޔަ އަހަރު ހަމަވެ، އެ އެއްބަސްވުން އާ ނުކުރެވި އޮތުމުން ކަމަށެވެ.

"އާދެ މިވަގުތު ވެލިޑް އެގްރީމަންޓެއް ނެތީމަ ދެން ޓެމްޕަރަރީކޮށް ހަމަ ކަނޑާލާފައި އެ އިނީ. އެގްރީމަންޓެއް ނެތި ހިދުމަތެއް ނުދެވޭނެތާ ދެއްތޯ،" އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު ކުރީކޮޅު ވެސް ލަންކާ ހޮސްޕިޓަލްސް އިން އާސަންދައިގެ ހިދުމަތް ދިނުން ހުއްޓާލި އެވެ. އެކަމަކު ފަހުން އެ ދިމާވި މައްސަލައެއް ހައްލުކޮށް، އަލުން އާސަންދައިގެ ހިދުމަތް ދޭން ފެށި އެވެ. އެ ފަހަރު ދިމާވީ ކޮން މައްސަލައެއް ކަމެއް ނޭނގެ އެވެ. 

ލަންކާ ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް ހުއްޓިފައި އޮންނަތާ އެއް މަސް ވީއިރު މި ކަން ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ "އަޕްޑޭޓް" ހޯދަން މި ނޫހުން ގުޅުމުން ބުނީ ފަހުން ޖަވާބެއް ދޭނެ ކަމަށެވެ.

ލަންކާ ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް ހުއްޓިފައި އޮތް އިރު އާސަންދައިން ލަންކާ ހޮސްޕިޓަލަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ވެސް އަދި ވެސް ހުރީ ނުދައްކަ އެވެ. އަދި އާސަންދައިން ލަންކާ ހޮސްޕިޓަލްގެ އެއްބަސްވުން އާނުކުރެވިއްޖެ ނަމަ އެގައުމުގެ އިތުރު ހޮސްޕިޓަލަކުން އާސަންދާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމުގެ މައުލޫމާތު "ހޯރަ" އަށް ވަނީ ލިބިފަ އެވެ. އެގޮތުން "ކިންގް" ހޮސްޕިޓަލާއި މިހާރު އާސަންދައިން އަންނަނީ ވާހަކަ ދައްކަމުން ނެވެ.

ލަންކާއިން އާސަންދަ ލިބޭ ހޮސްޕިޓަލްތަކުގެ ތެރޭގައި ހިމެނެނީ ޑާޑަންސް ހޮސްޕިޓަލް، ނަވަލޯކާ ހޮސްޕިޓަލް، އާސިރީ ސެންޓްރަލް ހޮސްޕިޓަލް އަދި ސޭލިންކޯ ހެލްތުކެއާ ސާވިސް އެވެ.


ކިޔުންތެރިންގެ ޝުއޫރު
50%
0%
50%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު