ވިޔަފާރި
ކަރަންޓު ބިލު ހަދަނީ އުސޫލާ އެއްގޮތަށް: ފެނަކަ
އެންމެ ފަހުން ފޮނުވި މަހުގެ ކަރަންޓު ބިލަށް އެހެން މަސްތަކަށްވުރެ ބޮޑު އަދަދެއް ގިނަ ގޭބިސީތަކުގައި އެރި ނަމަވެސް އުސޫލާ ހިލާފަށް އެއްވެސް ކަމެއް ނުކުރާ ކަމަށް ރާއްޖޭގެ ގިނަ ރަށްރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ފެނަކަ ކުންފުނިން ބުނެފި އެވެ.

ފެނަކައިން ނެރުނު ބަޔާނެއްގައި ބުނީ މާރިޗު މަހުގެ ރީޑިންގ ނެގުމުގައްޔާއި ކަރަންޓު ބިލު ތައްޔާރު ކުރުމުގައި އެ ކުންފުނިން އަމަލުކޮށްފައި ވަނީ އެހެން މަސްމަހުގައިވެސް އަމަލުކުރާ އާންމު އުސޫލުން ކަމަށެވެ. އަދި އެއީ ގާނޫނާއި ގަވައިދުތަކުން ކަނޑައެޅި، އާންމުކުރެވިފައިވާ އުސޫލެއްކަން އެ ކުންފުނިން ފާހަގަކުރެ އެވެ.

މި އުސޫލާ ހިލާފަށް، މި ކުންފުނިން ހިދުމަތްދެމުންދާ އެއްވެސް ފަރާތެއްގެ ބިލެއް ތައްޔާރުކޮށް، ބިލަށް އުނި އިތުރެއް ގެނެސްފައި ނުވާނެކަމުގެ ޔަގީންކަން އަރުވަން.“ ފެނަކައިގެ ބަޔާނުގައި ބުނެފައިވެ އެވެ.

ފެނަކައިން ތައްޔާރުކުރި އެއްވެސް ބިލެއްގައި މައްސަލައެއް އުޅޭ ކަމަށް ޝައްކު ކުރެވިގެން އިތުރަށް ރީޑިން ބަލަން ބޭނުންވާނަމަ އެ އެހީތެރިކަން އެ ކުންފުނިން ފޯރުކޮށްދޭނެ ކަމަށް ބުންޏެވެ.

ކޮންމެ އަހަރެއްގެ މާޗު، އޭޕްރީލް، އަދި މެއި މަސް ހިމެނޭ ދުވަސްވަރަކީ އެންމެ ގިނަ އަދަދަކަށް ކަރަންޓު ބޭނުންކުރެވޭ ދުވަސްވަރަށް ވުމުން މި ދުވަސްވަރު ކަރަންޓު ބޭނުންކުރުމުގައި ސަމާލުވުމަށް ވެސް ފެނަކައިން އިލްތިމާސްކުރި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު