ޚަބަރު
އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި
މިއަދުން ފެށިގެން އޮންލައިން 7 ޕްލެޓްފޯމަކުން ފިތުރު ޒަކާތް ދެއްކޭނެ ކަމަށް ޒަކާތު ހައުސް އިން ބުނެފި އެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދަކީ:

އާދައިގެ ހަނޑުލުންނަމަ 12 ރުފިޔާ

ތައިލެންޑް ހުދު ހަނޑުލުންނަމަ 53 ރުފިޔާ

ރަތް ހަނޑުލުންނަމަ 96 ރުފިޔާ

ބަސްމަތީ އާދައިގެ ހަނޑުލުންނަމަ 77 ރުފިޔާ

ބާސްމަތީ މޮޅު ހަނޑުލުންނަމަ 109 ރުފިޔާ

ބާސްމަތީ އެންމެ މޮޅު ހަނޑުލުންނަމަ 136 ރުފިޔާ

އާދައިގެ ފުށުންނަމަ 10 ރުފިޔާ އަދި

އާޓާ ފުށުންނަމަ 75 ރުފިޔާ


ފިތުރު ޒަކާތް އޮންލައިންކޮިށް ދެއްކޭ ޕްލެޓްފޯމްތައް:


އުރީދޫގެ އެމްފައިސާ

ދިރާގުގެ ދިރާގުޕޭ

އިސްލާމިކް ބޭންކުގެ ފައިސާ މޮބައިލް އެޕާއި ވެބްސައިޓު

ބީއެމްއެލްގެ މޯބައިލް އެޕާއި ވެބްސައިޓު

ފަހިޕޭގެ މޯބައިލް އެޕާއި ވެބްސައިޓު

އަވަސް އެޕް

ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޯޓަލް


އޮންލައިންކޮށް ޒަކާތް ނުދެއްކޭ މީހުންނަށާއި އުމުރުން ދުވަސްވީ މީހުންނަށް، މާލޭގެ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަންނާނެ އެވެ. އަދި ރޯދަ މަހުގެ ފަހު 10 ގައި ވެސް ޒަކާޔް ބަލައިގަންނާނެ ކަމަށް، ޒަކާތު ހައުސް އިން ބުންޏެވެ.

ފިތުރު ޒަކާތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ދެއްކުން ވާޖިބު، ދީނުގެ އެއް ރުކުނެވެ. ފިތުރު ޒަކާތް ދައްކަން ޖެހެނީ އެ ބަޔަކު އާންމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާޢެއް ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު