ޚަބަރު
ސައުދީގައި ތާށިވި 50 އުމްރާވެރީން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަނީ
ސަޢުދީ އަރަބިއްޔާ ގައި ތާށިވި 50 ޢުމްރާވެރީން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ހަނގުރާމައާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރަން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީލް އަލީ ސައީދު ވިދާޅުވީ މިވަގުތު 2،000އަށްވުރެ ގިނަ އުމްރާވެރިން އުމްރާއަށް ގޮސް އެބަތިބި ކަމަށެވެ. އަދި އެ އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށް ޝަހީމް ވިދާޅުވިއެވެ.

ނަމަވެސް މެދުއިރުމަތީގައި މިވަގުތު ހިނގަަމުންދާ ހަނގުރާމައިގެ ސަބަބުން އެކުވެރި އަރަބި ގައުމެއްގެ ފްލައިޓެއް ކެންސަލްވުމާ ގުޅިގެން 50ކަށް އުމްރާވެރިން އެނބުރި ރާއްޖެ ނާދެވިފައި އެބަތިބި ކަމަށް ޝަހީމް ވިދާޅުވި އެވެ.

އަދި އެ އެންމެން ގެނައުމުގެ މަސައްކަތް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާ ގުޅިގެން ކުރަމުންދާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް އިތުރަށް ވިދާޅުވީ މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ހައްޖުގެ އަޅުކަމަށްދާ ދިވެހީންނަށް އެއްވެސް ދައްޗެއް ވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު