ޚަބަރު
ބަންކަރިން: ސައީދު ވިދާޅުވީ 3 މަސް ތެރޭ 424 މިލިއަން ލިބުނު ކަމަށް
މި ސަރުކާރުން ފެށި ބަންކަރިން ޚިދުމަތުން މިދިޔަ މަހުގެ ނިޔަލަށް ލިބުނީ، 730 މިލިއަން ރުފިޔާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެސްޓީއޯ އިން ބަންކަރިންގައި ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ވިޓޯލްއާ ގުޅިގެން ބަންކަރިންގެ ވިޔަފާރި ފަށާފައިވަނީ މިދިޔަ އަހަހުގެ ސެޕްޓެމްބަރު މަހު އެވެ. މި މަސައްކަތް ފެށީ އުތުރުން ދަތުރު ކުރާ އުޅަނދު ފަހަރަށް ހިދުމަތް ދޭން އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓްއެއް ގާއިމްކޮށްގެންނެވެ.

އެ ސަރަޙައްދަކީ ކޮންމެ ދުވަހަކުވެސް 200އަށްވުރެ ގިނަ އާގުބޯޓުފަހަރާއި އެނޫންވެސް އެތައް އުޅަނދުތަކެއް ދަތުރުކުރާ ސަރަޙައްދެކެވެ. އެ ބޯޓުފަހަރުގައި އެތައް ބިލިއަން ޑޮލަރުގެ މުދާ ކޮންޓެއިނަރުތަކުގައި މި ސަރަޙައްދުން އުފުލަ އެވެ. މި ވިޔަފާރި ފެށުމަށްފަހު އެސްޓީއޯ އިން ބައެއް ބޯޓު ފަހަރަށް ތެޔޮ އެޅުމުގެ ހިދުމަތް ދަނީ ދެމުންނެވެ. 

މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ބަންކަރިން ޚިދުމަތުން މިދިޔަ މަހު 31އާ ހަމައަށް 730 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އެއީ، 47 މިލިއަން ޑޮލަރު ކަމަށްވާއިރު، އިތުރު ތަފުސީލެއް މިނިސްޓަރު ނުދެއްވައެވެ.

"މާރިޗު 31އާ ހަމައަށް 730 މިލިއަން ރުފިޔާ އިންޓަނޭޝަނަލް ބަންކަރިންގެ ވިޔަފާރި ފެށިފަހުން ލިބިފައި އޮތް ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ،" ސައީދު ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެކުރިން ވިދާޅުވީ ރާއްޖޭގެ އުތުރުގައި 300 އާއި 450 އާ ދެމެދުގެ އަދަދަކަށް ކޮމާޝަލް ބޯޓުފަހަރު ދަތުރުކުރަމުންދާ ކަމަށެވެ. މީގެތެރެއިން އެއް ޕަސެންޓް ބޯޓަށް ބަންކަރިން ހިދުމަތް ދިން ނަމަވެސް ރާއްޖޭގެ ޖީޑީޕީއަށް އިތުރު 400 މިލިއަން ޑޮލަރު ފުރަތަމަ އަހަރުވެސް ލިބޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު