ހޯރަފުށީ ބޮޓްލިން ޕްލާންޓްގެ އަޕްޑޭޓް މާލިއްޔަތު ކޮމިޓީން ހޯދަނީ
އިސްމާއިލް ރިޒާ
05 އޯގަސްޓް 2026 - 10:55
0 comments
ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ހަދަމުން އަންނަ ބޮޓްލިން ޕްލާންޓް
ހއ. ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ހަދަމުން އަންނަ ބޮޓްލިން ޕްލާންޓުގެ މަސައްކަތް "ހުއްޓިފައި" އޮންނާތީ އެ މަސައްކަތުގެ އަޕްޑޭޓް މާލިއްޔަތު ކޮމިޓީން ހޯދަން ތައްޔާރުވެއްޖެ އެވެ.
މާލިއްޔަތު ކޮމިޓީން އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި މެންބަރުން ވަނީ މި މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާޓު މަޖިލީހަށް ހިއްސާ ކުރުމަށް ފެނަކައިގައި ބުނަން ފާސްކޮށްފަ އެވެ.ހޯރަފުށީ ބޮޓްލިން ޕްލާންޓަކީ އެ ރަށު ކައުންސިލްގެ 40 ޕަސެންޓު ހިއްސާ އޮންނަ މަޝްރޫއެކެވެ. އަދި އެ މަޝްރޫއު ކުރިއެރުވުމަށް ދިމާވާ ގޮންޖެހުންތަކާއި ހުރަސްތައް ނައްތާލުމަށާއި، ފެންވަރު ރަނގަޅުކޮށް، އިތުރަށް ތަރައްގީ ކުރުމަށް ފެނަކައާއެކު އެއްބަސްވެފައިވާއިރު، ކައުންސިލްގެ އެއްވެސް މަޝްވަރާއެއް ނެތި، އެ ޕްރޮޖެކްޓުގެ މަަސައްކަތް ހުއްޓުމަކަށް ގެނައުމަށް ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުން ނިންމިނިންމުން މުރާޖައާ ކުރުމަށް ހޯރަފުށީ ކައުންސިލުން ވަނީ ގޮވާލައިފަ އެވެ. އަދި ބޮޓްލިން ޕްލާންޓުން ވަކިކުރި މުވައްޒަފުންގެ ވަޒީފާތައް އިއާދަކޮށްދިނުމަށް ވެސް ފެނަކައިގެ އެމްޑީއަށާއި ޑިރެކްޓަރުންނަށް މީގެ ކުރިން ވަނީ ގޮވަލައިފަ އެވެ.ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ހަދަމުން އަންނަ އެ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލައި އެ ތަނުން މުވައްޒަފުން ވަކިކުރާތީ އިދިކޮޅު އެމްޑީޕީން މިއަދު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ކުރިން ފެނަކައިން ވަނީ މި މަސައްކަތް މި މިދިޔަ އަހަހރު ފަހު ކޮޅު ފަށާނެ ކަމަށް ވެސް ބުނެފަ އެވެ. ނަމަވެސް ފެނަކަ އިން އެ މަސައްކަތް ކުރަން އުޅޭ ތަނެއް އަދި ނުފެނެ އެވެ.
ކިޔުންތެރިންގެ ޝުއޫރު