
ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މާލީ ވަޒީރު ވަނީ ސަރުކާރުން ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް މިހާތަނަށް އަޅުއްވާފައިވާ ފިޔަވަޅުތައް ހިއްސާކުރައްވާފަ އެވެ. އަދި އަލަށް އުފައްދާފައިވާ ކުންފުނިތަކާ ގުޅޭ މައުލޫމާތުވެސް މިނިސްޓަރު ހަސަން ޒަރީރު ދެއްވި އެވެ.