ހޯރަފުށީ ކައުންސިލް ކަޕް: ޗެމްޕިއަން 22 ސްޕޯޓްސް އަށް، ފުޓްބޯޅައިން މިހާރު 6 ތަށި!
އައިމިނަތު ޝިޔާޒާ
27 ސެޕްޓެމްބަރ 2026 - 20:12
0 comments
ދަންމަރު ޔުނައިޓެޑް ގެ މައްޗަށް 1-0 ން ކާމިޔާބު ހޯދައި "ހޯރަފުށީ ކައުންސިލް ކަޕް 2026"ގެ ޗެމްޕިއަންކަން 22 ސްޕޯޓްސް އިން ހޯދައިފި އެވެ.
ހޯރަފުށީގެ އެންމެ ވާދަވެރި އެއް މުބާރާތުގައި މެދުނުކެނޑި ވާދަކުރަމުން އަންނަ އެންމެ ދުވަސްވީ އެއް ކްލަބުން ރޭ ހޯދި ތައްޓާ އެކު ފުޓްބޯޅައިން މި އަހަރު އެ ޓީމުން އެ ވަނީ ފުރަތަމަ ތަށި ހޯދައިފަ އެވެ.
ދެކުނު ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފެނުނު ހަމައެކަނި ލަނޑު ޖެހީ 22 ސްޕޯޓްސްގެ ޖޯޒީ ނަންބަރު 6 މުރުތަލާ އަދުނާން(މުރޭ) އެވެ. މުރޭ ވަނީ 22 ސްޕޯޓްސްގެ ޓީމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުން ތެރިޔާ އަކީ ވެސް މުރޭ އެވެ.
މި މުބާރާތުގެ އެންމެ މޮޅު ރަށުން ބޭރު ކުޅުންތެރިޔާގެ އެވޯޑް ހާސިލު ކުރީ 22 ސްޕޯޓްސްގެ ހަސަން އަޒޫމް އަލީ އެވެ. މީގެ އިތުރުން މުބާރާތުގެ "ކިންގް" އަކީ ވެސް ހަސަން އަޒޫމް އެވެ. އެންމެ މޮޅު ބެސްޓް ކީޕަރު މަގާމު ލިބުނީ ވެސް 22 ސްޕޯޓްސް އިސްމާއިލް ޝިހާމް އެވެ.
22 ސްޕޯޓްސް އިން މި އަހަރުގެ މުބާރާތް ނިންމާލީ ބައިކޮޅަށް އެއް ވެސް ގޯލެއް ނުވަދެ ކުޅުނު ހުރިހާ މެޗަކުން މޮޅު ވެގެން ނެވެ. މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އަކީ މި އަހަރުގެ ރަނަރަޕް ދަންމަރު ޔުނައިޓެޑް އެވެ.
60000 ރުފިޔާގެ ފައިސާގެ އިނާމެއް ދިން މި މުބާރާތުގައި ވާދަކުރި ޓީމް ތަކަކީ: - ދަންމަރު ޔުނައިޓެޑް
- 22 ސްޕޯޓްސް ކްލަބް
- އެފްސީ ފްރިގޭޓަރ
- ހޯރަ 22
- އެފްސީ ފްރިގޭޓަރ ޔަންގް