ޚަބަރު
ހޯރަފުށީގައި ހުރި ބައެއް ހުސްގޯތި މުއްސަނދިންނަށް ވިއްކަން އުޅޭ މައްސަލަ އޭސީސީއަށް!
ހއ. ހޯރަފުށީގައި ހުރި ބައެއް ހުސްގޯތިތަކާއި ގެވަޅުތައް މުއްސަނދިންނަށް ވިއްކާލަން އެ ރަށު ކައުންސިލުން އުޅޭ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަމިއްލަ ފަރާތަކުން ހުށައަޅައިފި އެވެ.

މައްސަލަ ހުށައެޅުއްވި ފަރާތުން މިއަދު "ހޯރަ" އަށް ވިދާޅުވީ ހޯރަފުށިން ބަންޑާރަ ގޯތި ހޯދުމަށް ގިނަ ބަޔަކު އެދިފައިވަނިކޮށް ހުސްގޯތިތަކާ ގެވަޅުތައް މުއްސަނދިންނަށް ވިއްކާލަން ކައުންސިލުން ގަސްތުކުރުމަކީ ބޮޑު ގޯހެއް ކަމަށެވެ. އަދި ނިކަމެތި ރައްޔިތުންގެ ބޯހިޔާ ވަހިކަން ކަށަވަރުނުކޮށްދީ މުއްސަދިންނަށް ފަހި ވާގޮތަށް އުސޫލު ހަދައިގެން ރަށުގެ ހުސްގޯތިތަކާ ގެވަޅުތައް ބަހާ ލުމަކީ "ކޮރަޕްޝަން" ކަމަށެވެ. 

"މީގެ އެންމެ ގޯސް ކަމަކީ މިފަދަ ބޮޑު ނިންމުމެއްގައި ރައްޔިތުންގެ ލަފާ ހޯދުން ތާވަލުގެ އެންމެ ފަހަތުގައި އޮތްކަން، ފުރަތަމަ ވެސް ޖެހޭނީ ރައްޔިތުން ދެކޭ ގޮތް ހޯދަން، މީ ހޯރަފުށީގެ ކުރީގެ ވެރިން ކަން ކުރި ގޮތް، ރައްޔިތުންގެ މަސްލަހަތުގައި މަޝްވަރާ ކުރުމެއް ނެތި މިހެން ވަކި ބަޔަކު ބޭނުން ވާ ގޮތަށް ދޫކޮށް ލުމަކީ ބޮޑު ގޯހެއް" އޭނާ ބުންޏެވެ.

ހއ. ހޯރަފުށީގައި ހުރި ހުސްގޯތިތަކާ ގެވަޅުތައް ކައުންސިލުން މުއްސަނދިންނަށް ވިއްކާލަން ތައްޔާރުވާތީވެ ހޯރަފުށީ ކައުންސިލްގެ ނައިބު ރައީސް ވަނީ އެކަމާއި ދެކޮޅަށް ތެދުވެފަ އެވެ.

ހޯރަފުށީ ކައުންސިލްގެ ނައިބު ރައީސް އިމްދާހު ވިދާޅުވީ ހުސްގޯތިތަކާ ގެވަޅުތައް "ދޫކޮށްލުމަކީ" އިހުމާލެއް ކަމަށެވެ.

އަކަފޫޓަކަށް 250 ރުފިޔާ އަށްވުރެ ކުޑަ ނުވާގޮތަށް ބިން ވިއްކަން މިއަދު އޮތް ކައުންސިލް ބައްދަލުވުމުގައި ވޯޓު ދެއްވި ކައުންސިލަރުންނަކީ: 

  • ހޯރަފުށީ ކައުންސިލްގެ ރައީސް  - މުހައްމަދު އަސްފާމް
  • ހޯރަފުށީ ކައުންސިލްގެ މެންބަރު  - އަހްމަދު ރައޫފް
  • ހޯރަފުށީ ކައުންސިލްގެ މެންބަރު  - އާމިނަތު އަބްދުއް ސައްތާރު
އަކަފޫޓަކަށް 250 ރުފިޔާ އަށްވުރެ ކުޑަ ނުވާގޮތަށް ބިން ވިއްކަން މިއަދު އޮތް ކައުންސިލް ބައްދަލުވުމުގައި ވޯޓު ނުދެއްވާ ކައުންސިލަރުންނަކީ:

  • ހޯރަފުށީ ކައުންސިލްގެ ނައިބު ރައީސް - އަހުމަދު އިމްދާހު
  • ހޯރަފުށީ ކައުންސިލްގެ މެންބަރު  - އާމިނަތު ވިސާމާ
މިކަމުގެ ކަންބޮޑުވުން ފާޅުކުރި ހޯރަފުށީ މީހަކު ބުނީ ކައުންސިލަށް ބިމެއް ވިއްކޭނީ ލޭންޑް ޔޫސް ޕްލޭންގައި އެކަމެއް ހިމަނާ ފާސްކޮށްގެން ކަމަށެވެ. އަދި ރަށުގެ ލޭޑް ޔޫސް ޕްލޭން އަކީ ރައްޔިތުންގެ ލަފާ ހޯދައިގެން ކައުންސިލުން ނިންމަން ޖެހޭ އެއްޗެއް ކަމަަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު