ޚަބަރު
ކާނިވާ ސަރަހައްދުން ހަތަރު ފުރޮޅުލީ ވެހިކަލްތައް ނަގަން އަންގައިފި
ކާނިވާ ސަރަހައްދުގައި ޕާކު ކޮށްފައި ހުރި ހަތަރު ފުރޮޅުލީ އުޅަނދުތައް އެތަނުން ނެގުމަށް ހަފްތާއެއްގެ މުހުލަތެއް މާލޭ ސިޓީ ކައުންސިލުން ދީފި އެވެ.

އަންނަ ބުދަ ދުވަހުގެ ހަވީރު 6:00ގެ ކުރިން އެތަކެތި ނެގުމަށް މުހުލަތެއްދީ މާލޭ ސިޓީކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، އެ އުޅަނދުތައް ނަގަން އަންގާފައިވަނީ އެސަރަަހައްދުގައި ޕާކިން ޒޯނެއްގެ މަސައްކަތް ފެށުމަށް ކަމަށެވެ.

މީގެ އެ ކައުންސިލުން ބުނެފައިވަނީ، ކާނިވާ ސަރަަހައްދުގައި ހެދުމަށް ހަމަޖައްސާފައިވަނީ 52 ސްލޮޓްގެ ޕާކިން ޒޯނެއް ކަމަށެވެ.

އެއީ ފައިސާ ދައްކާ ގޮތަށް، ސްލޮޓަކަށް މަހަކު 3،000 ރުފިޔާގެ އަގަކަށް ދޫކުރަން ހަމަޖައްސާފައިވާ ތަންތަން ކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ.

ޕާކިން ޒޯނު ހެދުމަށް ލިބިފައިވާ 21 ޖާގައިގައި ޕާކުކުރެވޭނެ އިންތިޒާމު ހަމަޖައްސައި މި އަހަރުގެ ކުރީކޮޅު އެކި ބާވަތްތަކުގެ ޕާކިންޒޯން ޒޯންތައް ހުޅުވާލާނެ ކަމަށްވެސް ކައުންސިލުން މީގެ ކުރިން ވަނީ ބުނެފަ އެވެ. 

މާލޭގައި ޕާކްކުރާނެ ޖާގަނެތިގެން ޕާކިންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ނިމިގެން ދިޔަ ސަރުކާރުން މެކޭނިކަލް ޕާކިން ސިސްޓަމްތަކެއް ގާއިމްކުރުމަށްވެސް މަސައްކަތް ކުރި އެވެ. ނަމަވެސް އެކަމުގެ ނަތީޖާއެއް ނުފެނި އެތަކެތި ބާ ދަނގަޑެއްގެ އުކާލަން ޖެހުނީ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު