ޚަބަރު
މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދާ އީދު ހަރަކާތްތައް
މުޅި ރާއްޖޭގައި ކުލަ ގަދަކޮށް މިއަހަރުގެ ފިތުރު އީދު ފާހަގަކުރުމަށް ބޮކިފައްޗާއި ގިޑިގެތަކުން ދިއްލާލުމުގެ މަސައްކަތް ކުރަމުން އެބަ ގެންދެ އެވެ. މިހާރު ވެސް ބައެއް ރަށްރަށުގައި އެ މަސައްކަތް ނިންމާލައި ރޭގަނޑު ދިއްލާލަމުން އެބަދެ އެވެ. 

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ މާލެ ޒީނަތްތެރިކުރުމާއި އެކި ކަހަލަ ހަރަކާތްތައް މާލެ ސިޓީގައި ކުރިއަށް ގެންދަނީ މާލެ ސިޓީ އަކީ ލޯބި އެކުލެވިގެންދާ މުޖްތަމައެއް އޮތް ސިޓީއަކަށް ހެދުމުގެ މަގްސަދުގައި ކަމަށެވެ. އަބަދުވެސް އަމާޒު ހިފާފައި ވަނީ ހުރިހާ އެންމެން ގުޅިގެން އެބައިވަންތަ ކަމާއި އެކުވެރިކަމާއެކު ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށެވެ. 

އާޒިމް އިތުރަށް ވިދާޅުވީ، ފްލެޓު އިމާރާތްތަކުގައި ކުށްތައް އާންމުވަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ. ޑްރަގް ބޭނުންކުރުމާއި އެފަދަ މުއާމަލާތްތައް އެ ތަންތާގައި ހިނގާއިރު، ޖަމިއްޔާތަކާއި އާއިލާތަށް އެކުގައި މަސައްކަތްކޮށް، ސިވިލް ސޮސައިޓީ ވަރުގަދަކޮށްގެން އެފަދަ ކަންކަން ރަނގަޅުކުރެވޭނެ ކަމަށެވެ.

ސިޓީ ކައުންސިލުން ކުރިއަށްގެންދާ އީދު ހަރަކާތްތައް

  • ހެނދުނު 7:30 - އީދު ސައި އަދި ޑަބްލިއުޑީސީއިން ކުޑަކުދިންނަށް އީދު ހަދިޔާ ބެހުން (އެކުވެނި ޓްރެކްގައި)
  • ހެނދުނު 9:30 - ފެންކުޅި (ރަސްފަންނުގައި)
  • ހަވީރު 4:00 - ބޮޑުމަސް މާލި ޕެރޭޑު (އޮލިމްޕަހުން އާޓިފިޝަލް ބީޗަށް)
  • ހަވީރު 4:00 - 6:00 އަށް - ސަގާފީ ހިންގުމާއި ކުޅިވަރު (މާފަންނުގައި)
  • ރޭގަނޑު 8:30 - ސްޓޭޖް ޝޯ (އާޓިފިޝަލް ބީޗުގައި)
  • ރޭގަނޑު 10:30 - ހަވާއެރުވުން (އާޓިފިޝަލް ބީޗުގައި)
މާލެ ސިޓީ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި ފިތުރު އީދު ފާހަގަކުރުމަށް ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. އެގޮތުން އެ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ވެހިކަލް ދުއްވުން މަނާވާނެކަމަށް ކައުންސިލުން ބުނެއެވެ.

މުޅި މާލެ މިހާރު ވަނީ އީދަށް ދިއްލާލާފަ އެވެ. އެކަމުގައި ލޯކަލް ގަވަމެންޓް މިނިސްޓްރީއާ ސްޓެލްކޯއިން ވެރިން އެހީތެރިކަން ފާހަގަކޮށް އާޒިމް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

އީދު ދުވަސް ފާހަގަކުރުމަށްޓަކައި ކޮންމެ އަތޮޅެއްގެ ވެރިކަން ކުރާ ރަށްތައް ދިއްލުމަކީ ރައީސް މުއިއްޒުގެ އިސް ނެންގެވުމަށް ކުރާ ކަމެކެވެ. އެ މަނިކުފާނު ވިދާޅުވެފައި ވަނީ ސަރުކާރަށް ކުޅަދާނަ ވާ ވަރަކުން އީދު ދުވަސްތަކަށް އެހެން ރަށްތައް ވެސް މި ގޮތަށް ދިއްލާނެ ކަމަށެވެ.

ޖުމްހޫރީ މައިދާން ސަރަހައްދާއި މާލޭގެ އެކި މަގުތަކުގައި ވެސް ބޮކިފަތި ހަރުކޮށްފައިވެ އެވެ. އަދި ތަފާތު އެކި ކުލަކުލައިގެ ބޮކިތަކުންނާއި އެކި ޑިޒައިންތަކަށް ހަދާފައިވާ ތަފާތު އެއްޗެހިން ހުޅުމާލެ ވެސް މިހާރު ވަނީ ދިއްލާލައިފަ އެވެ.

މިއަހަރު މާލޭގައި ކުލަގަދަކޮށް އީދު ފާހަގަކުރުމަށް ތައްޔާރުވަމުން އަންނައިރު، ކުލަ ޖެހުމާއި ކޯޑި ނެރުމާއި މާލި ނެރުމާއި އީދު ޝޯއެއްގެ އިތުރުން ހަވާ އެރުވުމުގެ ހަރަކާތް ވެސް ބާއްވަން ވަނީ ނިންމައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު