ވިޔަފާރި
ބީއެމްއެލްގެ އީދު ސައި ހަ ރަށެއްގައި ބޭއްވި
ފިތުރު ޢީދު ފާހަގަކުރުމާއި މުޖުތަމައުގެ އެކުވެރިކަން ބަދަހިކުރުމުގެ މަގްސަދުގައިބޭންކް އޮފް މޯލްޑިވްސްއިން 6 ރަށެއްގައި އީދު ސައި ބާއްވައިފި އެވެ.

ގައުމީ ބޭންކުން ބުނީ ރަށްރަށުގެ ކައުންސިލްތަކާއި ބައެއް ޖަމިއްޔާތަކާ ގުޅިގެން އެ ހަރަކާތް ބޭއްވީ ހއ. އުތީމު، ރ. ކިނޮޅަސް، އދ. ދަނގެތި، ތ. ވޭމަންޑޫ، ލ. ގަން އަދި ފުވައްމުލަކުގައި ކަމަށެވެ.

ބީއެމްއެލްގެ ހެޑް އޮފް ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ އީދު ސަޔަކީ ކޮންމެ އަހަރަކުވެސް އެހާމެ ކާމިޔާބު އަދި ރަށްރަށުންވަރަށް ބޮޑަށް ބަލައިގަންނައިވެންޓެއް ކަމަށެވެ.

މިއީ އެކަކު އަނެކާއި ބައްދަލުވެ، ހިނިތުންވެލާ، ވާހަކަ ދައްކާލާ އަދި ކެއުމުގެ މަޖަލުގައި މީހުން އެކުވެރިކުރުވާ ކަމެއް ކަމަށާއި، މިއީ ބޭންކަށް އަބަދުވެސް ވަރަށް ހާއްސަ އިވެންޓެއް ކަމަށް އޭނަ ވިދާޅުވި އެެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު