ވިޔަފާރި
ބީއެމްއެލްއިން މުވައްޒަފުންގެ އަގުވަޒަންކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފާހަގަކޮށްލެވޭ މުވައްޒަފުންގެ އަގު ވަޒަންކޮށްފިއެވެ. 

ހުކުރު ދުވަހުގެ ރޭ ކްރޮސްރޯޑުގައި އޮތް މި ހަފްލާގެ އެންމެ ޝަރަފުވެރި އެވޯޑު، އެމްޕްލޯއީ އޮފް ދަ އިޔާ އެވޯޑު ހޯދީ އެ ކުންފުނީގެ ކަސްޓަމާ ސާވިސް މެނޭޖަރު މުހައްމަދު ޝާއިގް އަހުމަދެވެ. މި ހަފްލާގައި އެ ކުންފުނީގެ ހެޑް އޮފް ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން، އަލީ ފާރިޝް ހަލީލް ވަނީ ބެސްޓް ލީޑާ އެވޯޑު ހޯދައިފަ އެވެ. އަދި އެ ކުންފުނީގެ ޓާމިނަލް މެނޭޖްމަންޓް ޔުނިޓުގެ އަޒާން ރަޝީދު ވަނީ ބެސްޓް މެނޭޖަރު އެވޯޑު ހޯދައިފަ އެވެ.

އޭގެއިތުރުން، ސީއީއޯގެ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓް ނައިފަރު ބްރާންޗުން ހޯދިއިރު، ބެސްޓް ލީޑާ އެވޯޑް ހެޑް އޮފް ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގެ އަލީ ފާރިޝް ޚަލީލަށް ވަނީ ލިބިފައެވެ.

ޓާމިނަލް މެނޭޖްމަންޓް ޔުނިޓްގެ ބެސްޓް މެނޭޖަރުގެ އެވޯޑް އަޒާން ރަޝީދަށް ލިބުންއިރު، ވޭތުވެދިޔަ އަހަރު މޮޅުވި މުވައްޒަފުންނާއި ޓީމުތަކަށް އެވޯޑް ވެސް ވަނީ ހަވާލުކޮށްފައެވެ.

އޭގެތެރޭގައި، އެންމެ މޮޅު އަތޮޅު ގޮފި، އެންމެ މޮޅު އަތޮޅު މުވައްޒަފު، އެންމެ މޮޅު ޓީމް، ކަސްޓަމާ ސާވިސް ސްޓާ އަދި އެވޯޑް ފޯ އިނޮވޭޝަން ހިމެނެއެވެ.

މި ހަފްލާގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވަނީ ބެންކުގެ މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް ދޭ އަހއްމިޔަތު ފާހަގަކުރައްވާ ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ބެންކުގެ ކާމިޔާބީގެ ސިއްރަކީ މުވައްޒަފުންކަން ފާހަގަކުރެއްވި އެވެ 

ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެންމެ ބޮޑު ބޭންކިން ނެޓްވޯކެއް އޮންނަ އަދި ރާއްޖޭގައި ވަޒީފާދޭ އެންމެ ބޮޑު އެއް ކުންފުންޏެވެ. 

ބީއެމްއެލްއިން ކޮންމެ އަހަރަކު ވެސް މުވައްޒަފުންގެ އަގުވަޒަންކުރުމަށް އެވޯޑު ހަފްލާއެއް ދަނީ ބާއްވަމުންނެވެ. އެ ބެންކަކީ 99 ޕަސެންޓު ދިވެހި މުވައްޒަފުން ވަޒީފާ އަދާކުރާ ތަނެކެވެ. އޭގެ ތެރެއިން ތިންބައިކުޅަ އެއްބަޔަކީ ރާއްޖޭގެ އެކި ރަށްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު