ޚަބަރު
އިސްލާމީ ގައުމުތަކުގެ ވެރިންނަށް ރައީސް ފިތުރު އީދުގެ ތަހުނިޔާ ފޮނުއްވައިފި
ބަރަކާތްތެރި ފިޠުރު އީދު ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު، އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ފޮނުއްވައިފި އެވެ.

މި މުނާސަބަތުގައި ރައީސް ފޮނުއްވި މެސެޖުގައި، އިސްލާމީ ގައުމުތަކުގެ ސަރުކާރުތަކަށާއި، އެގައުމުތަކުގެ އަހުވަންތަ ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވެވި އެވެ.

ރައީސް ފޮނުއްވި މެސެޖުގައި، ރަމަޟާން މަސް ނިމުނު ކަމުގައިވިޔަސް، އޯގާތެރިކަމާއި، ދީލަތިކަމާއި، އެއްބައިވަންތަކަމުގެ އުޞޫލުތައް ނެގެހެއްޓުމުގެ މުހިންމުކަމަށް އަލިއަޅުއްވާލެއްވި އެވެ. އަދި މުސްލިމް އުއްމަތުގެ ސުލްޙަ މަސަލަސްކަމާއި، އެއްބައިވަންތަކަން ދެމެހެއްޓުމުގެ މައްޗަށް ވެސް އެމަނިކުގާނުގެ މެސެޖުގައި އަލިއަޅުއްވާލެއްވި އެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައި ވަނީ، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އިސްލާމީ ގައުމުތަކުގެ ވެރިންނާއި ރައްޔިތުންނަށް ފުރިހަމަ ޞިއްހާތާއި ދުޅަހެޔޮކަން، އަދި އުފާފާގަތިކަން އެދިވަޑައިގަންނަވަމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު