
ދިރާގުގެ މި އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުގައި ފުރަތަމަ ކުއާޓަރުގައި 300 މިލިއަން ރުފިޔާ ލިބުނު ނަމަވެސް، ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބިފައިވަނީ 152 މިލިއަން ރުފިޔާ އެވެ. އަހަރުގެ ފުރަތަމަ 6 މަހު މޮބައިލްގެ ހިދުމަތްތަކާއި، ފިކްސްޑް ލައިން، ބްރޯޑް ބޭންޑް އިންޓަނެޓާއި އެންޓަޕްރައިޒް ވިޔަފާރިތައް މެދުވެރިކޮށް ދިރާގަށް ވަނީ 1.2 ބިލިއަން ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައިވެއެވެ. ނަމަވެސް އަހަރުގެ ފުރަތަމަ ކުއަޓަރާއި އަޅާބަލާއިރު 2 ވަނަ ކުއާޓަރުގައި ދިރާގަށް ލިބުނު އާމްދަނީ ވަނީ ދަށަށް ގޮސްފައެވެ.