މަޖިލިހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމަށް ތޮލްހަތު
މަރިޔަމް އަނާ
27 މާޗް 2024 - 22:30
0 comments
ސާޖަންޓް އެޓް އާމްސްގެ މަގާމަށް އަލަށް އައްުޔަން ކުރެއްވި ތޮލްހަތު
ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމަށް ސިފައިންގޭގެ ކުރީގެ އިސް އޮފިސަރެއް ކަމަށްވާ ތޮލްހަތު ހަސަން އައްޔަން ކުރަން މިއަދު ފާސްކޮށްފި އެވެ.މަޖިލިހުގެ ތަޅުމުގައި ނެގި ވޯޓުގައި ގ. ސާޓަނުގެ ތޮލްހަތު ހަސަން އައްޔަން ކުރުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުންނެވެ.ތޮލްހަތަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ސްޓެލްކޯގެ ބޯޑުގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.މަޖިލީހުގެ އިދާރާގެ އޮނިގަނޑު ރާވާފައިވާ ގޮތުން ސާޖެންޓް އެޓް އާމްސްއަކީ، ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމުގެ މަގާމާ ޖެހިގެން ދެ ވަނައަށް އެންމެ އިސްވެރިޔާ އެވެ.މީގެ ކުރިން މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމުގައި ހުންނެވި މުހައްމަދު ހަލީމް މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އޮފީސްގައި ދައްކާ ވަހަކަތައް ސިއްރުން އަޑުއެހޭނެ ގޮތް ހެދި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ސަސްޕެންޑުކުރުމަށް ފަހު ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު