
ބީއެމްއެލްއަށް ސަރުކާރުން އައްޔަންކުރި ޑިރެކްޓަރެއްގެ ގޮތުގައި ހުންނެވި ސަޖުނީ އިސްތިއުފާ ދެއްވިކަން ހޯރައަށް ޔަގީންކުރެވިފައިވީ ނަމަވެސް ބީއެމްއެލް އިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.އެނގިފައިވާ ގޮތުގައި ބޯޑުން އިސްތިއުފާ ދިނުމަށް ސަޖްނީ ވަނީ އިސްތިއުފާގެ ސިޓީ ބޯޑަށް ހުށަހަޅައިފަ އެވެ.ސަޖްނީއަކީ 2021 ވަނަ އަހަރުން ފެށިގެން ބީއެމްއެލްގެ ބޯޑުގައި ސަރުކާރު ތަމްސީލުކުރާ މެމްބަރުގެ ގޮތުގައި ހުންނެވި ބޭފުޅެކެވެ. މިދިޔަ މެއި މަހު ވެސް ސަރުކާރުން ވަނީ އޭނާގެ ނަން ނޮމިނޭޓްކޮށް އެ ބޯޑަށް އައްޔަނުކޮށްފަ އެވެ.ސަޖުނީ ބީއެމްއެލްގެ ބޯޑު އިސްތިއުފާ ދެއްވާފައި މިވަނީ ބީއެމްއެލްގެ ބޯޑު މެންބަރުން ސަރުކާރާ ދެކޮޅަށް މާލީ "ބަޣާވާތެއް" ކުރެއްވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތުހުމަތުކުރައްވައި ފުލުހުން އެކަމާ ގުޅޭ ޖިނާއީ ތަހުގީގެއް ފުލުހުން ފަށްޓަވާފައި ވަނިކޮށެވެ.ސަޖުނީ އިސްތިއުފާ ދެއްވާފައިވާ މިވަނީ މަދަމާ ރޭ ބީއެމްއެލްގެ އެކްސްޓާ އޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް) ބާއްވަން ތައްޔާރުވެފައި ވަނިކޮށެވެ. މިޖަލްސާ އަކީ ވެސް ބީއެމްއެލްގެ ބޯޑަށް ސަރުކާރުން އައްޔަންކުރަން ބޭނުންވާ ޑިރެކްޓަރުންނާ މެދު ގޮތްތަކެއް ނިންމަން ބާއްވާ ޖަލްސާ އެކެވެ.