ޚަބަރު
ކޮރަޕްޝަން ނައްތާލުމުގެ ނިޔަތް ރައީސްގެ އެބައޮތް
ރާއްޖޭގެ ރައީސުން ހިމެނޭ ގޮތަށް، ދައުލަތުގެ މުވައްޒަފުންގެ މައްސަލަތަކުގައި ދައުވާކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލަން ގާނޫނަށް އިސްލާހު ގެންނަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމެވީ ކޮރަޕްޝަން ނައްތައިލުމުގެ ނިޔަތާއި އަޒުމާއެކު ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ރޭ ވިދާޅުވެއްޖެ އެވެ.

އިހުސާން މިގޮތަށް ވިދާޅުވެފައި މިވަނީ ދައުލަތުގެ އިދާރާތަކުގެ ތެރޭ ހިންގާ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް އަންނަ ހަފުތާގެ ތެރޭގައި ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެންނެވެ.

އިހުސާން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނުލް އުގޫބާތު މިހާރު އޮންނަ ގޮތުން ކޮރަޕްޝަނާއި ނުހައްގު މުއްސަނދިކަމުގެ ވާހަކަ ދެއްކި ނަމަވެސް އެކަމުގެ ދައުވާ ނުކުރެވޭ ކަމަށާއި އަދި ދައުވާ ކުރި ނަމަވެސް ސާބިތުނުވާ ކަމަށެވެ،

އަދި އެއީ ކަންކަން ކުރުމުގެ ނިޔަތެއް ނެތި ލިޔެފައި އޮތް މާއްދާއެއް ކަމަށްވެސް އިހުސާން ވިދާޅުވިއެވެ.

"ރައީސް ޑރ. މުއިއްޒު މިގެންނަވަން ނިންމެވި އިސްލާހަކީ ދައުލަތް ތެރޭ އޮތް ޒަމާންވީ ކޮރަޕްޝަންގެ މައްސަލަ ހައްލުކުރެވޭނެ އަދި އެނިޔަތާއި އަޒުމް ފެންނަ އިސްލާހެއް،" އަހުސާން ވިދާޅުވިއެވެ.

ގާނޫނުލްއުގޫބާތުގެ 515 ވަނަ މާއްދާއަށް ގެނެވޭ އިސްލާހު ގެންނަން ނިންމެވިކަން ރައީސް ހާމަކުރެއްވި އިއްޔެ ސޯޝަލް މީޑިއާ ޕޯސްޓެއްގަ އެވެ. އޭގައި އެ މަނިކުފާނު ވިދާޅުވީ މިއީ ރައީސާއި މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުން ހިމެނޭ ގޮތުން، ދައުލަތުގެ މުވައްޒަފުންނާއި ދައުލަތުގެ މުވައްޒަފެއްގެ މަޤާމު އަދާކޮށްފައިވާ ފަރާތްތަކުން ހޯދަމުން ދާ ނުވަތަ ހޯދާފައިވާ ނުޙައްގު މުއްސަނދިކަމުގެ މައްސަލަތައް ބެލުމަށް ފަސޭހަވެގެން ދާނެ ކަމެއް ކަމަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު