ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ދީން
ހަނު ހުރުމުގެ އަހުލާގް
އިބްރާހިމް އާދަމް
01 ނޮވެމްބަރ 2024 - 18:38
0
comments
Tweet
Telegram
ހިފެހެއްޓުމެއް ނެތް ދުލަކީ ޝައިތާނާގެ އަތަށް ދޫކޮށްލެވޭ ވައުގަނޑެއްކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
ހުކުރު ހުތުބާގެ މިއަދުގެ މައުލޫއުއަކީ "ހަނު ހުރުމުގެ އަހުލާގް" މިއެވެ.
ހުތުބާގައި ބުނީ ހަނުހުރުމަކީ މުއުމިނުންގެ ސިފަތަކުގެ ތެރޭގައި ހިމެނޭ ސިފައެއް ކަމަށާއި އެއީ ބުއްދިވެރީންނާއި ވިސްނުންތެރިންގެ ސިފައެއް ކަމަށެވެ. އަދި މާތްﷲ އާއި އެކަލާނގެ ރަސޫލާ މީސްތަކުންނަށް ގޮވާލައްވާފައިވަނީ ހަނުހުރުމަށް ކަމަށާއި އަނގަގަދަ ނުކުރުމަށް ހުތުބާގައި ވަނީ ގޮވާލާފަ އެވެ.
"މާތްﷲ އާއި އެކަލާނގެ ރަސޫލާ މީސްތަކުންނަށް ގޮވައިލައްވަނީ ހަނު ހުރުމަށެވެ. އަނގަގަދަ ނުކުރުމަށް. ބުއްދިވެރި ގޮތަކީ މަސްލަހަތެއް ނެތްނަމަ ހަނުހުރުން. ބޭކާރު ވާހަކަތައް ނުދެއްކުން." ހުތުބާގައި ބުންޏެވެ.
ހިފެހެއްޓުމެއް ނެތް ދުލަކީ ޝައިތާނާގެ އަތަށް ދޫކޮށްލެވޭ ވައުގަނޑެއް ކަމަށް ހުތުބާގައި ވިދާޅުވެފައިވެ އެވެ. އަދި ބާތިލް ވާހަކަތަކާ ދުރުހެލިވެ ހުރެއްޖެނަމަ އޭނާ ވާނީ ސުވަރުގޭގެ އަހުލުވެރިއަކަށް ކަމަށް ވިދާޅުވެފައިވެ އެވެ. އޭނާ ބާތިލް ވާހަކަ ދައްކަން ފަށައިފިނަމަ ޝައިތާނާ އޭނާ އަތަށް ދަމަން ފަށައިފާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އަދި ޝައިތާނާ އެދޭ ގޮތަށް އެދޭ ކޮންމެ ވަގުތުކު އޭނާ އަނބުރައިލައިފާނެ ކަމަށެވެ.
ރިވެތި ބަހުން މީހުންނާ މުހާތަބުކޮށް މުއާމަލާތުކުރާ މީހާއަށް ﷲގެ ހަޒުރަތުގައި މަތިވެރި މަގާޤާމެއް ލިބިގެންވާ ކަމަށާއި މީސްތަކުންގެ ކިބައިން ރުހުމާއި މަގުބޫލުކަން ލިބޭ ކަމަށް ހުތުބާގައިވަނީ ބުނެފަ އެވެ. މީސްތަކުންގެ ގާތުގައި އޭނާ ވާނީ އެ މީހުންގެ ހަޔާތަށް އަލިކޮށްދޭ ދަންމަރަކަށް ކަމަށާއި މީސްތަކުން އޭނާއަށް އިތުބާރުކޮށް އޭނާގެ ގާތަށް ނަސޭހަތް ހޯދުމަށް އަންނާނޭ ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފަ އެވެ.
ޚުތުބާގައި ބުނީ، ހަނުހުރުމުގެ އިމަކީ ތިބާއާ ބެހޭ ކަންކަމުގައި ރިވެތި ބަހުން ބަސްބުނުން ކަމަށެވެ. އަދި، މިއަދު ބުނާ ކޮންމެ ކަލިމައަކާ ބެހޭ ގޮތުން ގިޔާމަތްދުވަހުން ސުވާލުކުރެވޭނެކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފަ އެވެ.
މީގެއިތުރުން މުއުމިނާއަކީ އޭނާގެ ދުލަށް ރައްކަތެރިވާ އަމަލު ގިނަކޮށް ބަސް މަދުކުރާ މީހެއްކަމަށްވެސް ޚުތުބާގައި ބުނެފައިވެ އެވެ. ޖުތުބާގައި ބުނެފައިވަނީ މުއުމިނާ ވާހަކަ ދައްކާނީ އޭނާގެ ނަފްސަށާއި އޭނާގެ މުޖުތަމައަށާއި އޭނާގެ ވަތަނަށް ފައިދާ ހުރި ކަންކަމުގައިކަމަށެވެ.
ކީރިތި ރަސޫލާ ﷺ ހަދީސްކުރެއްވި ބަސްފުޅެއްގެ މާނާގައިވެ އެވެ.
"ހެޔޮ ބަސްބުނެ ފައިދާ ލިބިގަތް މިހާއަށާއި ހަނުހުރެ ރައްކާތެރިކަން ހޯދި މީހާއަށް ﷲ ރަހްމަތްލައްވާށިއެވެ."
ހުކުރު ހުތުބާގައި އިތުރަށް ބުނެފައިވަނީ ހަނުހުރުމުގެ އިމަކީ ތިމާއާ ބެހޭ ކަންކަމުގައި ރިވެތި ބަހުން ބަސްބުނުންކަމަށެވެ. އަދި ތިމާ މިއަދު ބުނާ ކޮންމެ ކަލިމައަކާ ބެހޭގޮތުން ގިޔާމަތްދުވަހު ތިބާއާ ސުވާލުކުރެވޭނެކަންވެސް ހުތުބާގައި ބަޔާންކޮށްފައިވެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
6 ދުވަސް ކުރިން
0
ހުކުރު ހުތުބާތަކުގެ އިނގިރޭސި ތަރުޖަމާ ފޮތެއް ނެރެފި
17 ދުވަސް ކުރިން
0
އެންމެ ނުބައި މީހާއަކީ ގައުމު ހަރާބުކުރާ މީހާ: ހުތުބާ
1 މަސް ކުރިން
0
އިލްމު އުނގެނުމުގެ މާތްކަން
1 މަސް ކުރިން
0
ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުން މިރޭ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އުރީދޫ ނޭޝަން އިންޓަ ރިސޯޓް އީސްޕޯޓްސް ޓޯނަމަންޓް ނިންމާލައިފި
2 ގަޑިއިރު ކުރިން
0
ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަމުންދިޔައީ ސުއޫދު: އުޝާމް
2 ގަޑިއިރު ކުރިން
0
މިނިސްޓަރު ހަލީލް ކުވައިތަށް ފުރާވަޑައިގެންފި
3 ގަޑިއިރު ކުރިން
0
ނަޑެއްލާ އިން ގެއްލުނު މީހާ ފެނިއްޖެ
3 ގަޑިއިރު ކުރިން
0