އުރީދޫ ނޭޝަން އިންޓަ ރިސޯޓް އީސްޕޯޓްސް ޓޯނަމަންޓް ނިންމާލައިފި
ހަސަން ހަލީމް
12 މެއި 2025 - 22:43
0 comments
އުރީދޫ ނޭޝަން އިންޓަ ރިސޯޓް އީސްޕޯޓްސް ޓޯނަމަންޓް ކާމިޔާބު ކަމާއެކު ނިންމާލައިފި -- ފޮޓޯ/ އުރީދޫ
އުރީދޫ ނޭޝަން އިންޓަ ރިސޯޓް އީސްޕޯޓްސް ޓޯނަމަންޓް ނިންމާލައިފި އެވެ.
އުރީދޫން ބުނީ، ރާއްޖޭގައި ބޭއްވުނު ފުރަތަމަ އިންޓަ ރިސޯޓު އީސްޕޯޓްސް ޓޯނަމަންޓުގައި ޓީމުތައް ވާދަކޮށްފައިވަނީ މަގުބޫލު ދެ ގޭމެއް ކަމަށްވާ މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި ޕަބްޖީ މޯބައިލްގައި ކަމަށެވެ. މި މުބާރާތަށް ވަނީ ހޫނު ތަރުހީބެއް ރިސޯޓްތަކުން ލިބިފަ އެވެ.މިމުބާރާތުގައި ރާއްޖޭގެ 10 ރިސޯޓަކުން 16 ޓީމު ވަނީ ބައިވެރިވެފައިވެއެވެ.އުރީދޫ ނޭޝަންގެ މަގުސަދަކީ ރާއްޖޭގައި މިހާރު އުފެދިފައިވާ އީސްޕޯޓްސް ކޮމިއުނިޓީ ބާރުވެރިކޮށް، ވާދަވެރިކަމާއި އެކުވެރިކަމާއެކު ގޭމް ކުޅެ މި ދާއިރާގައި ކުރިއަށްދެވޭނެ މާހައުލެއް ގާއިމުކޮށްދިނުމެވެ.އެ މުބާރާތުގައި ވަނަވަނައަށް ދިޔަ ފަރާތްތަކަކީ:މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމް.އެލް.ބީ.ބީ)ޗެމްޕިއަން: ޖޯލި ބީންގް 2 – 5000 ރުފިޔާރަނަރަޕް: ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް – 3000 ރުފިޔާ3 ވަނަ: ޖޯލި ބީންގް – 2000 ރުފިޔާޕަބްޖީ މޯބައިލްޗެމްޕިއަން: ހޮލިޑޭ އިން ކަނޑޫމާ މޯލްޑިވްސް – 5000 ރުފިޔާރަނަރަޕް: ނިޔަމަ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް – 3000 ރުފިޔާ3 ވަނަ: ސަމަރ އައިލަންޑް މޯލްޑިވްސް- 2000 ރުފިޔާމި މުބާރާތް ބާއްވައިފައިވަނީ މުޅިން އޮންލައިންކޮށެވެ. މި ގޮތަށް ރާވައިފައިވަނީ ރާއްޖޭގެ ކޮންމެ ހިސާބަކުން ބައިވެރިވާން ބޭނުންވިޔަސް މި ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ކަމަށް އުރީދޫން ބުންޏެވެ.އުރީދޫ ނޭޝަނުން މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ އެކި ހިސާބުގައި އުފެދިފައިވާ އިސްޕޯޓްސް ކުޅުންތެރިން އެއް ޕްލެޓްފޯމަކަށް ގެނެސް، ރާއްޖެއާއި ރާއްޖޭން ބޭރުގައި ވާދަކުރުމަށް ގިނަ ފުރުސަތުތަކެއް ހުޅުވައިދިނުމަށެވެ.
ކިޔުންތެރިންގެ ޝުއޫރު