ވިޔަފާރި
އުރީދޫގެ ޕްރޮމޯޝަން: އުމްރާ ދަތުރުގެ ފުރަތަމަ ނަސީބުވެރިއަކީ ސައްދާމު
އުރީދޫގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން އެ ކުންފުނިން ކުރިއަށްގެންދާ "ލިވް އަންލިމިޓެޑް" ކެމްޕެއިންގެ ދަށުން ކުރިއަށް ގެންދާ ލަކީ ޑްރޯގެ ފުރަތަމަ އުމްރާ ދަތުރު ލިބޭ ނަސީބުވެރިޔާ ހޮވައިފި އެވެ.

އެގޮތުން، ފުރަތަމަ ދަތުރުގެ ނަސީބުވެރިއަކަށް ހޮވިފައިވަނީ، އަޙުމަދު ސައްދާމެވެ. މި ޕްރޮމޯޝަންގެ ތެރެއިން ދެ މީހުންގެ ހައްޖު ދަތުރެއް ދިނުމަށް ވެސް އުރީދޫން ވަނީ ނިންމާފަ އެވެ.

މި ޕްރޮމޯޝަންގެ ދަށުން ޖުމުލަ 19 އުމްރާ ދަތުރު ދޭނެ ކަމަށް އުރީދޫން ބުނެފައިވެ އެވެ.

މި ޕްރޮމޯޝަންގައި ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް ބައިވެރިވެވެ އެވެ. 

އުރީދޫއިން ބުނީ މި ކެމްޕޭނަކީ ކުންފުނީގެ ކާމިޔާބީގެ ފަހަތުގައި ތިބި ކަސްޓަމަރުންނާއި ހިދުމަތް ދިނުމުގައި ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ކުރިއަށް ގެންދާ ކެމްޕޭނެއް ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު