ޚަބަރު
މާރުކުރަން މަޖުބޫރުކުރުމުން 214 މިލިއަން ޑޮލަރު މާރުކޮށްފި: ރައީސް
ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން މިހާތަނަށް 214 މިލިއަން ޑޮލަރު ބޭންކްތަކަށް މާރުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިމައުލޫމާތު ހާމަކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ރައީސް ވިދާޅުވީ ބޭރު ފައިސާ ބޭންކްތަކަށް މާރުކުރުމަށް ރަނގަޅު އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ.

ރިޒާވް ރަނގަޅުވުމުގެ އެއް ސަބަބެއްގެ ގޮތުގައި ރައީސް މުއިއްޒު ފާހަގަކުރެއްވީ ބޭންކުތަކަށް ޑޮލަރު މާރުކުރަން ގާނޫނުތަކަށް ގެނައި ބަދަލުގެ ހެޔޮ އަސަރެވެ. ރައީސް ވިދާޅުވި ގޮތުގައި: 

  • ޓޫރިޒަމް ދާއިރާއިން ޑޮލަރު މާރުކުރަން ވަރަށް ބޮޑު އެއްބާރުލުމެއް އަންނަނީ ލިބެމުން 

  • 214 މިލިއަން ޑޮލަރު މިހާތަނަށް މާރުކޮށްފި 

"މި ޓްރެންޑުގައި މި ގޮތަށް ދާ ކަމަށްވަންޏާ ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް އަވަހަށް މީގެ ފައިދާ ރައްޔިތުންނާ ހަމައަށް ލިބޭނެ،" ރައީސް ވިދާޅުވި އެވެ.

ފައިދާތަކުގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ބޭރަށް ފުރާ ދިވެހިންނަށް ދެމުން ގެންދާ ޑޮލަރުގެ އަދަދު އިތުރުވުމެވެ. އަދި ކްރެޑިޓް ކާޑްތަކުން ބޭރުގައި ވިޔަފާރި ކުރެވޭ އަދަދު ވެސް އިތުރުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު