ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
ރިސޯޓުތަކުން 40 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކުރާނެ ކަމަށް ބެލެވޭ
މަރިޔަމް އަނާ
18 ޖެނުއަރީ 2025 - 16:01
0
comments
Tweet
Telegram
ރާއްޖެއަށް ވަންނަ ޑޮލަރު، ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރުކުރަން މަޖުބޫރުވާގޮތަށް އެކުލަވާލަވާލި ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން، މިދިޔަ އޮކްޓޯބަރު މަހު ރިސޯޓުތަކަށް ލިބުނު އާމްދަނީން 30 މިލިއަނާއި 40 މިލިއަނާ ދެމެދުގެ އަދަދެއް ބޭންކުތަކަށް މާރުކުރާނެކަމަށް ބެލެވޭކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފި އެވެ.
އެ އިދާރާ އިން ބުނީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދަށް ބަލައިގެން، ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ޑޮލަރު މާރު ކުރަން ޖެހޭ އެންމެ ފަހު ތާރީހަކީ މި މަހުގެ 28 ކަމަށެވެ. އެހެންވެ، އެ ދުވަހުގެ ކުރިން ޑޮލަރު މާރުކޮށް ނިންމުމަށް އެމްއެމްއޭ އިން ވަނީ އެދިފަ އެވެ.
ރާއްޖޭގައި ހިދުމަތްދޭ 175 ރިސޯޓުގެ ތެރެއިން މިހާތަނަށް 138 ރިސޯޓަކުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ސޭލްސް ރިޕޯޓު އެމްއެމްއޭ އަށް ހުށަހަޅާފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
"މިހާތަނަށް ހުށަހަޅާފައިވާ ސޭލްސް ރިޕޯޓުތަކަސް ބަލާއިރު، 30 މިލިއަން ޑޮލަރާއި 40 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް، ބޭރު ފައިސާ މާރުކުރުމުގެ ގަވައިދުގެ ސަބަބުން ބޭންކުތަކަށް މާރުކުރެވިގެން ދާނެކަމަށް ލަފާކުރެވޭ،" އެމްއެމްއޭގެ އޮފިޝަލަކު ވިދާޅުވިއެވެ.
މިއީ ގާތްގަނޑަކަށް 617 މިލިއަން ރުފިޔާއެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގައި ބުނެފައިވާގޮތުން ޓޫރިސްޓުންނަށް ޚިދުމަތް ދޭ ތަންތަން ވަނީ ގިންތިތަކަށް ބަހާލާފައެވެ. އެއީ "ކެޓެގަރީ-އޭ ޓޫރިޒަމް އެސްޓެބްލިޝްމަންޓް" އަދި "ކެޓެގަރީ-ބީ ޓޫރިޒަމް އެސްޓެބްލިޝްމަންޓް" އެވެ.
ކެޓެގަރީ-އޭގައި ހިމެނެނީ ރަޖިސްޓަރީކޮށްފައިވާ ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކާއި، ޕްރައިވެޓް އައިލެންޑްތަކާއި އެނޫންވެސް ތަންތަނެވެ. މި ކެޓަގަރީން ހިދުމަތްދޭ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 އެމެރިކާ ޑޮލަރު ބޭންކްތަކުގައި މާރުކުރަންޖެހެއެވެ. ނުވަތަ މަހެއްގެ ތެރޭގައި އެ އެސްޓެބްލިޝްމަންޓަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓް މާރުކުރަންޖެހެއެވެ.
ކެޓެގަރީ-ބީގައި ހިމެނެނީ ރަޖިސްޓަރީކޮށްފައިވާ ޓޫރިސްޓް އުޅަނދުތަކާއި، ޓޫރިސްޓް ހޮޓާތަކުގެ އިތުރުން ޓޫރިސްޓް ގެސްޓްހައުސްތަކެވެ. މި ކެޓަގަރީން ހިދުމަތް ހޯދާ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 25 އެމެރިކާ ޑޮލަރު މާރުކުރަންޖެހެއެވެ. ނުވަތަ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓް މާރުކުރަންޖެހެއެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
23 ގަޑިއިރު ކުރިން
0
މާރުކުރަން މަޖުބޫރުކުރުމުން 214 މިލިއަން ޑޮލަރު މާރުކޮށްފި: ރައީސް
3 ދުވަސް ކުރިން
0
ފަވަރައިގެ ހުރިހާ ހިދުމަތެއް މެދުކެނޑިއްޖެ
4 ދުވަސް ކުރިން
0
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމަށް އަސްނާ ހަމަޖައްސަން މަޖިލީހަށް ފޮނުވައިފި
13 ދުވަސް ކުރިން
0
މިނިސްޓަރު ސައީދު ވިދާޅުވަނީ ޑޮލަރުގެ ކަޅު ބާޒާރު ހީނަރުވުމުގެ ކޮޅުމަތި ފެންނަ ކަމަށް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ޝިމަން އާއި މަހުޒޫމް ފުލުހުންގެ ބަންދުން ދޫކޮށްލައިފި
16 ގަޑިއިރު ކުރިން
0
އާރަށަށް ވަޑައިގަތީ 116 ފަހަރު، ގިނައިން ދަނީ ކުޅިވަރު ކުޅެން
17 ގަޑިއިރު ކުރިން
0
މާރުކުރަން މަޖުބޫރުކުރުމުން 214 މިލިއަން ޑޮލަރު މާރުކޮށްފި: ރައީސް
23 ގަޑިއިރު ކުރިން
0
ސިޔާސީ މަގާމުތަކުގެ އަދަދާއި ކުރެވޭނެ ހަރަދު ގާނޫނެއްގައި ކަނޑައަޅަނީ
23 ގަޑިއިރު ކުރިން
0