ވިޔަފާރި
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމަށް އަސްނާ ހަމަޖައްސަން މަޖިލީހަށް ފޮނުވައިފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރުމަށް މަޖިލީހުގެ ރުހުން ހޯދަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ނަމެއް ފޮނުއްވައިފި އެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެމްެއެމްއޭގެ ދެވަނައަށް އެންމެ އިސް މަގާމަށް އަސްނާ ހަމަޖައްސަން ރައީސް މުހައްމަދު މުއިއްޒު އޭނާގެ ނަން ފޮނުއްވިކަން ވަނީ އިއުލާންކޮށްފަ އެވެ. އަދި މަޖިލީހުން ރުހުން ދިނުމުގެ ކުރިން އޭނާގެ ނަން ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީއަށް ވަނީ މިއަދު ފޮނުވައިފަ އެވެ. 

ތަފްސީލް - އަސްނާ މިވަގުތު ހުންނެވީ މާލީ އިދާރާ ކުރިއެރުވުމާ ގުޅޭ އެމްއެމްއޭގެ ޑިޕާޓްމަންޓުގެ ވެރިޔާގެ ގޮތުގަ އެވެ. އެގޮތުން:

  • އެމްއެމްއޭގެ ގަވަރުނަރުކަމާ އަހުމަދު މުނައްވަރު ހަވާލުވުވުމަށް ފަހު އެ ބޭންކުގެ ޑިޕާޓްމަންޓުތަކުގެ ވެރިންނަކީ މެނޭޖިން ޑިރެކްޓަރުންގެ ގޮތުގައި ވަނީ ހަމަޖައްސާފައި

  • އަސްނާ ވެސް އެ މަގާމަށް ހަމަޖެއްސީ މުނައްވަރު ވަޑައިގެން މިދިޔަ ނޮވެމްބަރު މަހު ގެންނެވި ބަދަލުތަކުގެ ތެރެއިން

އަސްނާ އެމްއެމްއޭގައި ހިދުމަތް ކުރައްވާތާ 15 ވަރަކަށް އަހަރު ވަނީ ވެފަ އެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު އިމާދު މާޗު 17، ގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެނާ އެ މަގާމުން އިސްތިއުފާ ދެއްވީ މަސައްކަތަށް ހުރަސްއަޅައި, އޭނާގެ އެއްބާރުލުން ނުލިބޭ ކަމަށް ބުނެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ވައްދާފައި އޮއްވަ އެވެ.

އިސްތިއުފާ ހުށަހެޅުއްވުމަށް ފަހު އިމާދު ނެރުއްވި ބަޔާނުގައި ވިދާޅުވީ "މި ނިންމުން އަޅުގަނޑު މި ފައިސަލާކުރީ، މި ފަހުން، އެމްއެމްއޭ. އިން ނިންމާފައިވާ ނިންމުންތަކަކީ އަޅުގަނޑުގެ ނަޒަރުގައި، މުއައްސަސާގެ އަސާސީ މަގުސަދުތަކާ އެއްގޮތްވާ ގޮތުގެމަތިން ނިންމާފައިވާ ނިންމުންތަކެއް ކަމުގައި ނުވާތީ" ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު