ޚަބަރު
ބޭންކް ފަންޑަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި
ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "ބޭންކް ފަންޑް" އަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ފަންޑުގެ ދަށުން ތައުލީމާއި ތިމާވެއްޓާއި ކުރިވަރު އަދި މުޖުތަމައަށް ފައިދާހުރި ޕްރޮޖެކްޓްތަކުގެ ތެރެއިން ފަސް ޕްރޮޖެކްޓެއް ހޮވައި ކޮންމެ ޕްރޮޖެކްޓަކަށް 200،000ރ.ގެ ހިލޭ އެހީ ދޭނެ އެވެ.

ތަފްސީލް - ބީއެމްއެލް އިން ބުނީ:

  • މި ފަންޑަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށް bankfund@bml.com.mvއަށް ހުށަހެޅޭނެ 

  • އަންނަ މަހު 29ގެ ހަވީރު 4އަށް ފޯމު ބަލައިގަންނަނާނެ 

  • މިފަންޑަށް އެދި ހުށަހެޅޭނީ ގައުމީ އެސޯސިއޭޝަންތައް ފިޔަވައި ރަޖިސްޓްރީވެފައިވާ ކްލަބުތަކާއި ޖަމިއްޔާތަކަށް އެކަނި


އެ ފަންޑުގެ އިތުރުން ބީއެމްއެލްއިން ވަނީ، 2019އިން ފެށިގެން ފަސް އަހަރުގެ މުއްދަތަކަށް ހިންގި ކޮމިއުނިޓީ ފަންޑު މެދުވެރިކޮށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްދިޔަ 100 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެ ބޭންކުން ވަނީ، މުޖުތަމައުތައް ބާރުވެރިކުރުވައި، ދިވެހިރާއްޖޭގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކަށް އަބަދުވެސް ބޮޑު އަހުމިއްޔަތުކަމެއްދޭ ކަމަށް ބުނެއެވެ.

ބީއެމްއެލްގެ ބޭންކް ފަންޑާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު