ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އުންމީދަކީ ފިސާރި އަވަހަށް ކޮމިޝަންގެ މަސައްކަތް ނިންމާލުން: މުނައްވަރު
ހަސަން ހަލީމް
30 އޭޕްރީލް 2025 - 14:54
0
comments
Tweet
Telegram
ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) މިމަހުގެ 18 ވަނަ ދުވަހު އިމާރާތަކުން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުމާ ގުޅިގެން އެ ހާދިސާގެ ތަހުގީގު މިނިވަންކަމާއެކު ކުރިއަށް ގެންގޮސް މާގިނަ ދުވަސްތަކެއް ހޭދަނުކޮށް ތަހުގީގުގެ ހުރިހާ މަސައްކަތެއް ނިންމާލާނެ ކަމުގައި މިމައްސަލަ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ހާއްސަ ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަންގެ މަސައްކަތް ފެށިކަން އިއުލާނުކުރުމަށް މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި މުނައްވަރު ވިދާޅުވީ ކޮމިޝަންގެ މަސައްކަތް ކުރިއަށް ގެންދާނީ އާންމުންގެ "ސެންޓިމެންޓަށް" ބަލައިގެން ކަމަށާއި މިނިވަންކަމާ އެކު ކޮމިޝަންގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ކޮމިޝަނަށް ޔުމްނުގެ އާއިލާއިން އިތުބާރު ނުކުރާ ކަމަށް ބުނާ މައްސަލައިގައި މުނައްވަރު ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި އުފެއްދި މިފަދަ ކޮމިޝަންތަކުގެ މަސައްކަތާ ގުޅިގެން ވެސް ރައްޔިތުން ބަލައިގަތީ އެކި ގޮތަށް ކަމަށާއި އެހެންވެ ކޮމިޝަނަށް އޮތް އިތުބާރާ މެދު ދައްކާ ވާހަކައާ މެދު ހައިރާން ނުވާ ކަމަށެވެ.
މުނައްވަރު ވިދާޅުވީ އޭނާއަށް ނުފޫޒު ފޯރުވުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި މިނިވަންކަމާ އެކު މަސައްކަތް ނުކުރެވޭނެ ކަމަށް ފެނިއްޖެ ނަމަ އޭނާ އެ ކޮމިޝަންގައި ނުހުންނަވާނެ ކަމަށެވެ.
އީ ކުރިއަށް ދާ ތަހުގީގަކާ ގުޅުން ހުރި މަސައްކަތްތަކެއް ކުރާ ކޮމިޝަނަކަށްވާތީ، ދައުވާ ކުރަންޖެހޭ ފަރާތްތަކުގެ މަައްޗަށް ދައުވާކޮށް، އަދަބު ލިބެންޖެހޭ ފަރާތްތަކަށް އަދަބު ލިބި، ޖަވާބުދާރީ ވާން ޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވަން ވެސް ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަށް މުއްދަތެއް ނަގައިގެން ނުވާނެ. އަޅުގަނޑު ބަލަނީ ވީހާ ވެސް އަވަސް މުއްދަތެއްގެ ތެރޭގައި، ކުރު މުއްދަތެއްގެ ތެރޭގައި އަޅުގަނޑުމެންގެ މަސައްކަތް ނިންމާލެވޭތޯ،" މުނައްވަރު ވިދާޅުވި އެވެ.
ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގުކުރަން ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ކޮމިޝަނެއް އުފެއްދެވީ މި މަހުގެ 27 ވަނަ ދުވަހު އެވެ.
އެ ކޮމިޝަންގައި ތިއްބަވަނީ މުނައްވަރުގެ އިތުރުން:
ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހްމަދު މުހައްމަދު، ވ. އަލްމާން
ޑރ. މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
ޖަބީން މުހައްމަދު، މޫނިމާގެ/ތ. ވޭމަންޑޫ
އާމިނަތު އީނާސް، ހ. ހަބަރުގެ
މި މައްސަލައިގައި ފުލުހުން ފުރަތަމަ ބުނީ، ޔުމްނު ވެއްޓުމުގައި ރައުދު ނޫނީ އެެހެން މީހެއްގެ ބައިވެރިވުން ވެސް ނެތް ކަމަށެވެ. އެކަމަކު ފަހުން، އޭނާ ހައްޔަރު ކުރީ އެ މައްސަލައިގެ ތަހުގީގަށް އޭނާ އެއްބާރުލުން ނުދޭތީ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އޭގެ ފަހުން ކްރިމިނަލް ކޯޓުން ރައުދު ބަންދުކުރުމަށް ނެރުނު އަމުރުން އެނގުނު ގޮތުގައި ޔުމްނު ވެއްޓުމުގެ ކުރިން އެ ދެ މީހުންގެ މެދުގައި 'ހަމަނުޖެހުމެއް' ވަނީ ހިނގައިފަ އެވެ. އަދި އެ ރޭ ޔުމްނު ވީ ތަނެއް ނޭނގޭ ކަމަށާއި ބޮޑަށް ބެލެވެނީ ވެއްޓުނު ކަމަށް ރައުދު ކޮންމެ ވެސް މީހަކު ކައިރީ ބުނިކަން ވެސް ކޯޓު އަމުރުން އެނގުނެވެ.
ޔުމްނު ވެއްޓުމުގެ ކުރިން 17 ވަނަ ދުވަހުގެ ރޭ މއ. މާންދޫގެދެކުނުގޭގައި އޮތް ޕާޓީއަކަށް ދިޔަ އެވެ. އެ ޕާޓީގައާއި ޕާޓީން ނުކުމެ މަގުމަތީގައި ޔުމްނުއާއެކު އުޅުނު އިތުރު ހަތް މީހެއްގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
5 ގަޑިއިރު ކުރިން
0
ރައުދުގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި
1 ދުވަސް ކުރިން
0
އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅުން މަޖިލީހަށް ވައްދައިފި
2 ދުވަސް ކުރިން
0
އަމީންގެ ގޭގެ ސީސީޓީވީ ހަލާކުވެފައި، ފުޓޭޖް ނުލިބުނު
2 ދުވަސް ކުރިން
0
ތަހުގީގަށް ރައުދު އެއްބާރުލުން ދޭ: ފުލުހުން
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އުންމީދަކީ ފިސާރި އަވަހަށް ކޮމިޝަންގެ މަސައްކަތް ނިންމާލުން: މުނައްވަރު
4 ގަޑިއިރު ކުރިން
0
ރައުދުގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި
5 ގަޑިއިރު ކުރިން
0
އަނިޔާ ލިބޭ މީހުންނަށް ދިވެހި ޅެމުން ފަރުވާދިނުމަށް ފުލުހުންނާ އެކު މަޝްވަރާކޮށްފި
6 ގަޑިއިރު ކުރިން
0
ބޭންކް ފަންޑަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި
6 ގަޑިއިރު ކުރިން
0