ޚަބަރު
ތަހުގީގަށް ރައުދު އެއްބާރުލުން ދޭ: ފުލުހުން
ރައުދު އަހުމަދު ޒިލާލް: ފުލުހުން ބުނާ ގޮތުގައި އޭނާ ދަނީ މިހާރު ތަހުގީގަށް އެއްބާރުލުން ދެމުން
އޭޕްރިލް 18، ވަނަ ދުވަހު މާލޭގެ އުސް އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު ހާދިސާއާ ގުޅިގެން ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލް 21، ތަހުގީގަށް އެއްބާރުލުން ދޭން ފަށާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން ހިނގި އެ ހާދިސާއާ ގުޅިގެން ރައުދު، 21، ގ. އެރިއަދޫ، ފުލުހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި އޭނާގެ ބަންދަށް ޖެހިގެން އައި ހުކުރު ދުވަހު ވަނީ ފަސް ދުވަސް ޖަހާފަ އެވެ. 

ފުލުހުންން މިއަދު ބައެއް މީޑިއާ ތަކަށް ބުނީ ތަހުގީގަށް ލިބެންޖެހޭ އެއްބާރުލުން ރައުދުގެ ފަރާތުން ލިބެމުންދާ ކަމަށެވެ. 

 ޔުމްނު ވެއްޓުމުން ލިބުނު އަނިޔާތަކަށް ފަރުވާ ދޭން އެންމެ ފުރަތަމަ ގެންދިޔައީ އައިޖީއެމްއެޗަށެވެ. އެ އަށް ފަހު، އިތުރު ފަރުވާއަށް މެލޭޝިއާ އަށް ފުރުވާލީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ޒުވާނުން ދަނީ ކޮންމެ ރެއަކު އޭނާއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި އިހުތިޖާޖު ކުރަމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު