ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ބޭރު ގައުމެއްގައި ކިޔެވިޔަސް ދީނުގެ ހަމަތައް ދޫކޮށްނުލާތި: ރައީސް
މަރިޔަމް އަނާ
28 އޭޕްރީލް 2025 - 20:15
0
comments
Tweet
Telegram
ރާއްޖެއިން ބޭރުގެ ގައުމުތަކުގައި ކިޔެވިޔަސް އިސްލާމީ އުސޫލުތައް ދޫކޮށްނުލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނަސޭހަތްތެރިވެވަޑައިގެންފި އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ބޭރު ގައުމަކަށް އައިސް އުޅުނު ނަމަވެސް އަމިއްލަ އައިޑެންޓިޓީގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.
އެގޮތުން ބައެއް ކިޔަވާ ކުދިންނަށް ބޭރު ގައުމުތަކުގައި އުޅޭއިރު އެ ގައުމެއްގެ މުޖުތަމައުއެއްގެ ތެރޭގައި އޮންނަ ޓްރެންޑްތަކާ އެއްގޮތަށް އުޅެވި، ދީނުގެ ހަމަތައް ދޫކޮށްލެވޭ ގޮތްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެހެންވިޔަ ނުދެއްވާށޭ. އަބަދުވެސް ހަނދާން ބަހައްޓައްޗޭ އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ މަތީގައި ތިބި ބައެއްކަން. އެކަން ފުރިހަމައަށް ހަނދާނުގައި ބަހައްޓައިގެން އަމަލުކުރަމުން ދައްޗޭ. އޭރުން ދެން ހުރި ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށް. ބަރާބަރަށް ނަމާދު ކުރުމާއި ދެން ހުރި ހުރިހާ ކަމެއް ވެސް ކުރަމުންދާށޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ބޭރު ގައުމުތަކަށް ގޮސް ކިޔަވަނީ އަމިއްލަ ނަފުސާއި މައިންބަފައިންނަށް ހިތްހަމަޖެހުން ހޯދައިދޭން ކަމަށާއި ގައުމަށް ރީތި ނަން ހޯދައިދޭން ކަމަށެވެ.
ރައީސް މުއިއްޒު ވަނީ ބޭރު ގައުމުތަކުގައި އުޅޭއިރު އެންމެން އެއްބައިވަންތަކަމާއި އެކުވެރިކަމާ އެކު އުޅުމަށް ވެސް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ ހުރި ކަންބޮޑުވުންތަކަށް ވެސް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ކޮންމެ ގައުމެއްގައި ދިވެއްސަކު އުޅުނަސް ރާއްޖޭގައި އުޅޭ ދިވެހިންނާ އެއްވަރަށް ހައްގުތައް ކަށަވަރު ކޮށްދިނުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
މެލޭޝިއާއަކީ މިހާރު ރާއްޖެއިން ބޭރުގައި އެންމެ ބޮޑު ދިވެހި އާބާދީ އޮތް ގައުމެވެ. އެހެންކަމުން އެ ހުރިހާ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން ބޭއްވުމަށާއި، އެހެން ނޫންނަމަ ނިކަމެތިކަން އަންނާނެކަމަށްވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
4 ގަޑިއިރު ކުރިން
0
މެލޭޝިއާގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް ފަށައިފި
4 ގަޑިއިރު ކުރިން
0
މެލޭޝިއާގެ ވިޔަފާރިތަކުން ރާއްޖޭގެ ތަރައްގީއަށް އިންވެސްޓްކުރަން ރައީސްގެ ދައުވަތެއް
4 ގަޑިއިރު ކުރިން
0
ހަބީބު ވަކިވުމުން ރިޔާސީ ކޮމިޝަންގެ އަދަދު 5އަށް އިތުރުކޮށްފި
12 ގަޑިއިރު ކުރިން
0
ރާއްޖެއިން އިޒްރޭލު ޕާސްޕޯޓް މަނާކުރުމަކީ ހިތްވަރުގަދަ ނިންމުމެއް: މެލޭޝިއާ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އަމީންގެ ގޭގެ ސީސީޓީވީ ހަލާކުވެފައި، ފުޓޭޖް ނުލިބުނު
1 ގަޑިއިރު ކުރިން
0
ފަސް މީހުންނާއެކު ގައްދޫން ހުޅުމާލެއަށް ދަތުރުކުރި ސަޕްލައި ދޯންޏެއް ގެއްލިއްޖެ
1 ގަޑިއިރު ކުރިން
0
ތަހުގީގަށް ރައުދު އެއްބާރުލުން ދޭ: ފުލުހުން
3 ގަޑިއިރު ކުރިން
0
ބޭރު ގައުމެއްގައި ކިޔެވިޔަސް ދީނުގެ ހަމަތައް ދޫކޮށްނުލާތި: ރައީސް
3 ގަޑިއިރު ކުރިން
0