ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އަމީންގެ ގޭގެ ސީސީޓީވީ ހަލާކުވެފައި، ފުޓޭޖް ނުލިބުނު
ހަސަން ހަލީމް
28 އޭޕްރީލް 2025 - 22:09
0
comments
Tweet
Telegram
އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު, ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް މައްސަލަ ތަހުގީގަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ ގޭގެ ސީސީޓީވީ ކެމެރާ ފުޓެޖް ހޯދަން މަސައްކަތް ކުރުމުން، އެ ގޭގެ ކެމެރާތައް ހަލާކުވެފައިވާ ކަމަށް އެ ގެއިން މައުލޫމާތު ދިން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ އަމީންގެ ގޭގެ ސީސީޓީވީ ފުޓޭޖު ފުލުހުންނަށް ނުދިނީ ސީސީޓީވީ ކެމެރާ ހަލާކުވެފައި ހުރި ކަމަށް ބުނެ ކަމަށެވެ.
"މއ. މާންދޫގެ ދެކުނު ގޭގެ ސީސީޓީވީ ފުޓޭޖު ފުލުހުންގެ ތަހުގީގަށް ލިބިފައި ނުވޭ. އެގެއިން ފުލުހުންނަށް މައުލޫމާތު ދީފައިވަނީ ސީސީޓީވީ ކެމެރާ ހަލާކުވެފައިވާ ކަމަށް،" ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ ސީސީޓީވީ ފުޓޭޖު ނެތްކަން ކަށަވަރު ކުރުމަށް ފުލުހުން ކުރި މަސައްކަތުން ފުޓޭޖު ނެތްކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުމެއް އޮވެދާނެ ކަމަށް ތުހުމަތުކޮށް، އެ ރޭ ޔުމްނުއާ އެކު ފެންޓޯނިއާގޭގައި އުޅުނު ރައުދު އަހްމަދު ޒިލާލް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެ ހާދިސާ ހިނގި ވަގުތު މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ރައުދުއަށް ކޮށްފައިވެ އެވެ. އޭނާއަށް ދިން ފަސް ދުވަހުގެ ބަންދުގެ މުއްދަތު މާދަމާއަށް ހަމަވާނެ އެވެ.
ރައުދު ހައްޔަރުކުރުމުގެ އިތުރުން، ޔުމްނުއާ އެކު އެ ރޭ އުޅުނު އިތުރު ހަތް މީހެއްގެ ވަނަވަރު އާންމުކޮށް، އެ އެންމެންގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިފަހައްޓާފައިވެ އެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރާ ގޮތާ މެދު ސުވާލުތަކެއް ފެންމަތި ކޮށްފައިވާތީ، އެ މައްސަލަ ބަލަން ހާއްސަ ކޮމިޝަނެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އުފައްދަވައި ފަސް މެމްބަރުން އެ ކޮމިޝަނަށް އައްޔަން ކުރައްވައިފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
5 ގަޑިއިރު ކުރިން
0
ތަހުގީގަށް ރައުދު އެއްބާރުލުން ދޭ: ފުލުހުން
7 ގަޑިއިރު ކުރިން
0
ހަބީބު ވަކިވުމުން ރިޔާސީ ކޮމިޝަންގެ އަދަދު 5އަށް އިތުރުކޮށްފި
1 ދުވަސް ކުރިން
0
ޔުމްނު ވެއްޓުނު ހާދިސާ ހިނގި ރޭ މިނިސްޓަރު އަމީން ހުރީ ރާއްޖޭން ބޭރުގައި
2 ދުވަސް ކުރިން
0
އަންހެން މީހާ ވެއްޓުން: ރިޔާސީ ކޮމިޝަނެއް އުފައްދަވައިފި، ވެރިއަކަށް މުނައްވަރު
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އަމީންގެ ގޭގެ ސީސީޓީވީ ހަލާކުވެފައި، ފުޓޭޖް ނުލިބުނު
4 ގަޑިއިރު ކުރިން
0
ފަސް މީހުންނާއެކު ގައްދޫން ހުޅުމާލެއަށް ދަތުރުކުރި ސަޕްލައި ދޯންޏެއް ގެއްލިއްޖެ
4 ގަޑިއިރު ކުރިން
0
ތަހުގީގަށް ރައުދު އެއްބާރުލުން ދޭ: ފުލުހުން
5 ގަޑިއިރު ކުރިން
0
ބޭރު ގައުމެއްގައި ކިޔެވިޔަސް ދީނުގެ ހަމަތައް ދޫކޮށްނުލާތި: ރައީސް
5 ގަޑިއިރު ކުރިން
0