ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ޔުމްނު ވެއްޓުނު ހާދިސާ ހިނގި ރޭ މިނިސްޓަރު އަމީން ހުރީ ރާއްޖޭން ބޭރުގައި
އަހުމަދު ނިހާން
27 އޭޕްރީލް 2025 - 16:57
0
comments
Tweet
Telegram
ޒުވާން އަންހެނަކު އިމާރާތަކުން ވެއްޓުނު މައްސަލައިގެ ތަހުގީގާ މެދު ހިތްހަމަނުޖެހިގެން ގިނަ އަދަދެއްގެ ޒުވާނުން މާލޭގައި މުޒާހަރާ ކުރަން ފަށައި، އެ މައްސަލައިގެ ތަހުގީގަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ނުފޫޒު ފޯރުވި ކަމަށް ތުހުމަތު ކުރަމުން އަންނައިރު، ހާދިސާ ހިނގި ރޭ އަމީން ހުންނެވީ ރާއްޖެއިން ބޭރުގައިކަން އެނގިއްޖެ އެވެ.
ގ. ރަނައުރާގޭއާގޭ ޔުމްނު ވެއްޓުނު ހ. ފެންޓޯނިއާގޭގެ ހަތް ވަނަ ފްލޯގެ ލިފްޓާ ކައިރީގައި ހުންނަ އެޕާޓްމަންޓުގެ ދޮރު މަތީގައި ކަހަލަ ގޮތަކަށް މުށި ކުލައިގެ ބޫޓެއް ހުންނަ ތަން ފުލުހުން އާންމުކުރި ސީސީޓީވީ ފުޓޭޖުން ފެނެ އެވެ.
އެ ބޫޓު ބަހައްޓާފައި ހުރި ގޮތް ބަދަލު ވެފައިވާ ތަން ފުޓޭޖުތަކުން ފެންނާތީ ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ މިނިސްޓަރު އަމީން ހަފުލާއަކަށް ވަޑައިގެންނެވި ދުވަހެއްގައި، އެ ކުލައިގެ ބޫޓަކަށް އަރުއްވައިގެން ހުންނެވި ފޮޓޯތަކެއް ސޯޝަލް މީޑިއާ އަށް ދޫކޮށް، އެއީ މިނިސްޓަރުގެ ބޫޓު ކަމަށް ބުނެ ވާހަކަތަކެއް ފަތުރައިފަ އެވެ.
މިކަމާއި ގުޅިގެން، "މިހާރު" ނޫހުން ސުވާލު ކުރުމުން އަމީން މިއަދު ވިދާޅުވީ، ޔުމްނު ވެއްޓުނު ހާދިސާ ހިނގީ ބައިނަލްއަގުވާމީ ވައިގެ އުދުހުންތަކުގެ ޖަމިއްޔާ، އައިކާއޯ އިން ގަތަރުގެ ދޯހާގައި ބޭއްވި އައިސީއޭއޯ ފެސިލިޓޭޝަން ކޮންފަރެންސް 2025 ނިންމަވައިލެއްވުމަށް ފަހު މާލެ ވަޑައިގެންނެވި މަގުމަތީގައި ކަމަށެވެ.
މި މަހުގެ 16 އިން 18 އަށް ކުރެއްވި އެ ދަތުތުގައި މިނިސްޓަރު އަމީން މާލެ ވަޑައިގަތީ އޭނާ ވިދާޅުވި ގޮތުގައި މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 8:50 ހާއިރު އެވެ. އަދި ވިދާޅުވީ އެ މައްސަލައިގައި އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށާއި އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ވަރުގެ ކަމެއް ނުކުރައްވާ ކަމަށެވެ.
ޔުމްނު ވެއްޓިފައި ވަނީ ފުލުހުން އާންމުކުރި ފުޓޭޖުތަކުން އެނގޭ ގޮތުގައި އެ ދުވަހުގެ ރޭ ފަތިހު 4:30 އާއި 5:30 އާ ދެމެދުގެ ވަގުތެއްގަ އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ރައުދު އާއި ޔުމްނު ހިމެނޭހެން ހަތް މީހެއްގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށެވެ.
މައްސަލާގައި ހިމެނޭ އިތުރު ހަތް މީހެއްގެ ވަނަވަރު ވަނީ އާންމުކޮށްފަ އެވެ. އެ މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގައި މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތައް ބެލުމަށް ރައީސް މުއިއްޒު ރޭ ވަނީ ހާއްސަ ކޮމިޝަނެއް އުފައްދަވައިފަ އެވެ.
އެ ކޮމިޝަންގައި ތިއްބަވަނީ ޑރ. މުހައްމަދު މުނައްވަރާއި، ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަހްމަދު މުޙައްމަދާއި، ޑރ. މުހައްމަދު ހަބީބެވެ. ރައީސަކަށް ހަމަޖައްސާފައިވަނީ މުނައްވަރެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
8 ގަޑިއިރު ކުރިން
0
ރައީސް ޑރ. މުހައްމަދު މުއިއްޒު މެލޭޝިއާއަށް ވަޑައިގަންނަވައިފި
14 ގަޑިއިރު ކުރިން
0
އިންސާފުގެ ކުރިމަތީގައި އެއްވެސް މީހަކީ އަޅުގަނޑަށް މުހިންމު މީހެއް ނޫން،: ރައީސް
15 ގަޑިއިރު ކުރިން
0
ރަސްމީ ދަތުރެއްގައި ރައީސް މުއިއްޒު މިއަދު މެލޭޝިޔާއަށް ފުރާވަޑައިގެންފި
15 ގަޑިއިރު ކުރިން
0
އަންހެން މީހާ ވެއްޓުން: ރިޔާސީ ކޮމިޝަނެއް އުފައްދަވައިފި، ވެރިއަކަށް މުނައްވަރު
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ފަނޑިޔާރުން ވަކިކުރުމާ މެދު ގޮތެއް ނިންމަން މިރެއަށް ތާވަލުކުރި ބައްދަލުވުން ކެންސަލްކޮށްފި
4 ގަޑިއިރު ކުރިން
0
ވަގަށް އެތެރެކުރަން އުޅުނު 13.6 މިލިއަން ސިނގިރޭޓް އަތުލައިގެންފި
4 ގަޑިއިރު ކުރިން
0
ރައީސް ޑރ. މުހައްމަދު މުއިއްޒު މެލޭޝިއާއަށް ވަޑައިގަންނަވައިފި
8 ގަޑިއިރު ކުރިން
0
ބީއެމްއެލްއިން ކޮމާޝަލް ޕްރޮޕަޓީ ފައިނޭންސިން ތައާރަފްކޮށްފި
8 ގަޑިއިރު ކުރިން
0