ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އިންސާފުގެ ކުރިމަތީގައި އެއްވެސް މީހަކީ އަޅުގަނޑަށް މުހިންމު މީހެއް ނޫން،: ރައީސް
އައިމިނަތު ޝިޔާޒާ
27 އޭޕްރީލް 2025 - 12:09
0
comments
Tweet
Telegram
އިންސާފު ގާއިމުކުރުމުގައި ނުފޫޒެއްގެ ދަށު ނުވާނެ ކަމަށާއި ބޭނުންވަނީ އިންސާފާއި އަދާލަތު ގައުމުގައި ގާއިމުކުރެއްވުމަށްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިޔާއަށް ފުރާ ވަޑައިގަތުމުގެ ކުރިން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވަނީ ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21އ) މިމަހުގެ 18 ވަނަ ދުވަހު އިމާރާތަކުން ވެއްޓުނު ހާދިސާއަށް އަލިއަޅުއްވާލައްވާފަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރަކީ އަބަދުވެސް އިންސާފުގެ މަގުން ކަންކަން ކުރުމަށް ބާރު އަޅާ ސަރުކާރެއް ކަމަށާއި އެއްވެސް ރައްޔިތަކާ މެދު ތަފާތު ނުކުރައްވާނެ ކަމަށެވެ.
"އިންސާފުގެ ކުރިމަތީގައި އެއްވެސް މީހަކީ އަޅުގަނޑަށް މުހިންމު މީހެއް ނޫން. އެބަ ތުހުމަތުކުރެވޭ ވަކި ކަމެއް ފޮރުވަން އުޅޭކަމަށް. ޒުވާން ކުދިންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އެބަހުރި މި ކަމުގައި. އަޅުގަނޑު ބޭނުންވަނީ ކުށްކުރި ފަރާތްތައް ހޯދައި، އެއީ ކޮންމެ ފަރާތެއްވިޔަސް ޤާނޫނުގެ ތެރެއިން އަދަބު ދިނުމަށް." ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި އަންހެން ކުއްޖާ ވެއްޓުނު ހާދިސާއާ ބެހޭ ކަންކަން ތަޙުގީގުކުރުމަށް އުފައްދަވާފައިވާ ކޮމިޝަނަށްވެސް އަލިއަޅުވާލެއްވި އެވެ. އެ ގޮތުން އެ މައްސަލަ ތަޙުޤީޤުކުރުމަށް ބޭނުންވާ ފުރިހަމަ ބާރުވެރިކަން އެ ކޮމިޝަނަށް ދެއްވާފައިވާނެކަމަށް ވިދާޅުވި އެވެ.
"މިހާރު މިވަނީ މިނިވަން ކޮމިޝަނެއް އުފައްދާފައި. ވަރަށް ގިނަ ބާރުތައް ދީފައިވާނީ. އެއްވެސް ހުރަހެއް ނޯންނާނެ ބަލަންޖެހޭ ކަންކަން ބެލުމުގައި. ސުވާލު ނުކުރެވޭނެ ފަރާތެއް ނުހުންނާނެ. ވަރަށް އަވަހަށް ކަމުގެ ޙަޤީޤަތް ހޯދޭނެ. ދެފުށް ފެންނަ ގޮތެއްގައި ޒިންމާދާރު ގޮތެއްގައި މައްސަލަ ނިމެން އަޅުގަނޑު ބޭނުންވަނީ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިއަދާ ހަމައަށްވެސް ނުފޫޒަކަށް ނުޖެހި ސަރުކާރުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅެއް އަޅުއްވަމުން ގެންދަވާ ކަމަށެވެ. އަދި ގައުމުގެ އަމާންކަމާއި ހަމަޖެހުމާއި އިންސާފާއި އަދާލަތު ނަގާލުމުގެ ފުރުސަތު ނުދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.
ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް ރައީސް އުފައްދަވާފައި މިވަނީ ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް މުޒާހަރާ ކުރަމުންދާ ޒުވާނުން އެކަމަށް ޑިމާްންޑު ކޮށްފައި ވަނިކޮށެވެ.
ޒުވާނުންގެ ފަރާތުން ޖުމުލަ 10 ޑިމާންޑެއް ސަރުކާރަށް ކޮށްފައިވެ އެވެ.
އެ ޑިމާންޑުތަކަކީ؛
ދެފުށް ފެންނަ ތަހުގީގެއް ކުރިއަށް ގެންދިއުން
މިކަމުގެ ތުހުމަތު ކުރެވޭ އެންމެ ހައްޔަރުކޮށް އެ މީހުންގެ މައްޗަށް ދައުވާ ކުރުން
ހާދިސާގެ ވީޑިއޯ ފުޓޭޖުތައް ދިމާނުވާ ސަބަބު ފުލުހުން ސާފުކޮށްދިނުން
ތަހުގީގަށް ލިބިފައިވާ ހެކިތައް ހާމަކުރުން
ތަހުގީގާ ގުޅޭގޮތުން ދޮގު މައުލޫމާތު ދެވުމާ ގުޅޭގޮތުން ފުލުހުން މައާފަށް އެދުން
ފުލުހުންގެ ތަހުގީގާ މެދު އިންކުއަރީއެއް ހެދުން
ކޮމިޝަނާ އޮފް ޕޮލިސް ޝުޖާއު އިސްތިއުފާ ދިނުން
ޓްރާންސްޕޯޓު މިނިސްޓަރު އަމީން އިސްތިއުފާ ދިނުން
ހޯމް މިނިސްޓަރު އަލީ އިހުސާން އިސްތިއުފާ ދިނުން
މި ޑިމާންޑުތަކުގެ ތެރެއިން ޔުމްނުގެ މައްސަލަ ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް އެކުލަވައިލުމުގެ އިތުރުން ޕޮލިސް ކޮމިޝަނަރުގެ މަގާމުން އަލީ ސުޖާއު ވަނީ ރޭގެ ވަގުތެއްގައި އިސްތިއުފާ ދެއްވައިފަ އެވެ.
ނަމަވެސް ޒުވާނުން ޑިމާންޑު ކުރި ގޮތަށް އިސްތިއުފާ ނުދެއްވާނެ ކަމަށް ހޯމް މިނިސްޓަރު، އަލީ އިހުސާން އާއި ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން ވަނީ ވިދާޅުވެފަ އެވެ.
ތިން މެންބަރުންގެ މައްޗަށް އެކުލެވޭ އެ ރިޔާސީ ކޮމިޝަންގައި ހިމެނެނީ ޑރ. މުހައްމަދު މުނައްވަރު، ބްރިގޭޑިޔާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދު އަދި ޑރ. މުހައްމަދު ހަބީބު އެވެ. މިއީ ރައީސް މުއިއްޒު އުފެއްދެވި ފުރަތަމަ ރިޔާސީ ކޮމިޝަނެވެ.
އެ ކޮމިޝަންގެ ރައީސަކަށް މުނައްވަރު ހަމަޖައްސަވާފައިވާކަން ރައީސްގެ ގަރާރުގައި ބަޔާންކުރައްވާފައިވެ އެވެ.
ރައީސް އޮފީހުން ބުނީ ރައީސް މިރޭ އުފެއްދެވި ރިޔާސީ ކޮމިޝަނުން ޔުމްނުގެ މައްސަލަ ބަލައި އެ މައްސަލައާ ގުޅިގެން މިނިވަން ތަހުގީގެއް ހިންގާނެ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތަކީ ކޮބައިތޯ ބަލައި ޔުމްނު ވެއްޓުނު ހާދިސާގެ ހަގީގަތް ހޯދުމުގެ އިތުރުން އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެ ކޮމިޝަނުން އަޅާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
4 ގަޑިއިރު ކުރިން
0
ރައީސް ޑރ. މުހައްމަދު މުއިއްޒު މެލޭޝިއާއަށް ވަޑައިގަންނަވައިފި
5 ގަޑިއިރު ކުރިން
0
ޔުމްނު ވެއްޓުނު ހާދިސާ ހިނގި ރޭ މިނިސްޓަރު އަމީން ހުރީ ރާއްޖޭން ބޭރުގައި
11 ގަޑިއިރު ކުރިން
0
ރަސްމީ ދަތުރެއްގައި ރައީސް މުއިއްޒު މިއަދު މެލޭޝިޔާއަށް ފުރާވަޑައިގެންފި
11 ގަޑިއިރު ކުރިން
0
އަންހެން މީހާ ވެއްޓުން: ރިޔާސީ ކޮމިޝަނެއް އުފައްދަވައިފި، ވެރިއަކަށް މުނައްވަރު
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ފަނޑިޔާރުން ވަކިކުރުމާ މެދު ގޮތެއް ނިންމަން މިރެއަށް ތާވަލުކުރި ބައްދަލުވުން ކެންސަލްކޮށްފި
5 މިނެޓް ކުރިން
0
ވަގަށް އެތެރެކުރަން އުޅުނު 13.6 މިލިއަން ސިނގިރޭޓް އަތުލައިގެންފި
15 މިނެޓް ކުރިން
0
ރައީސް ޑރ. މުހައްމަދު މުއިއްޒު މެލޭޝިއާއަށް ވަޑައިގަންނަވައިފި
4 ގަޑިއިރު ކުރިން
0
ބީއެމްއެލްއިން ކޮމާޝަލް ޕްރޮޕަޓީ ފައިނޭންސިން ތައާރަފްކޮށްފި
4 ގަޑިއިރު ކުރިން
0