ޚަބަރު
ހަބީބު ވަކިވުމުން ރިޔާސީ ކޮމިޝަންގެ އަދަދު 5އަށް އިތުރުކޮށްފި
މިމަހުގެ 18ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެން ކުއްޖަކު ވެއްޓުނު ހާދިސާއާ ގުޅިގެން އުފެއްދެވި ޚާއްސަ ކޮމިޝަން އެކުލެވިގެންވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ބަދަލުގެންނަވައިފިއެވެ.

 ޔުމްނު، 21، ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގާ މެދު އާންމުންގެ އެތައް ކަންބޮޑުވުމެއް އެފެދިފައި ވަނިކޮށް، މި މައްސަލައިގެ ފުނަަށް ދިޔުމަށް މިކަމަށް ހާއްސަ ކޮމިޝަނެއް ރައީސް އުފެއްދެވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ރައީސް ނެރުއްވި ގަރާކުންނެވެ.

އެ ކޮމިޝަނަށް އޭރު އައްޔަންކުރެއްވި ބޭފުޅުންގެ ތެރެއިން ކަށީގެ ހާއްސަ ޑޮކްޓަރު މުހައްމަދު ހަބީބު އިސްތިއުފާ ދެއްވާފައި ވަނިކޮށް ރައީސް މުއިއްޒު މިއަދު ނެރުއްވި ގަރާރަކުން އިތުރު ތިން ބޭފުޅަކު ވަނީ ކޮމިޝަނުގައި ހިމަނުއްވައިފަ އެވެ

ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގު ކުރަން ރައީސް އެންމެ ފުރަތަމަ ކޮމިޝަނަށް މެމްބަރުން އައްޔަން ކުރެއްވިއިރު، އަންހެން ބޭފުޅަކު ހިމަނާފައި ނެތުމުން ބައެއް މީހުންގެ ކަންބޮޑުވުންތައް ހުއްޓެވެ. އެކަމަކު، ފަހުން މި ވަނީ ދެ އަންހެން ބޭފުޅަކު އެ ކޮމިޝނަށް އައްޔަން ކުރައްވައިފަ އެވެ.

ރައީސް އުފެއްދެވި ހާއްސަ ކޮމިޝަންގެ ފަސް މެމްބަރުން:

1- ޑރ. މުހައްމަދު މުނައްވަރު، ގ. ހަސަންކާރިގެ

2- ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަހުމަދު މުހައްމަދު، ވ. އަލްމާން

3- ޑރ. މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641

4- ޖަބީން މުހައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ

5- އާމިނަތު އީނާސް، ހ. ހަބަރުގެ

ޔުމްނު ވެއްޓުނު މައްސަލަ ބަލަން ރައީސް މުއިއްޒު ހާއްސަ ކޮމިޝަނެއް އުފެއްދެވީ ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލިފައިވާ މައްސަލަ ބޮޑުވުމުންނެވެ. ޔުމްނު ވެއްޓުމުން ލިބުނު އަނިޔާތަކަށް ފަރުވާ ދޭން އެންމެ ފުރަތަމަ ގެންދިޔައީ އައިޖީއެމްއެޗަށެވެ. އެ އަށް ފަހު، އިތުރު ފަރުވާއަށް މެލޭޝިއާ އަށް ފުރުވާލީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު