ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
މެލޭޝިއާގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް ފަށައިފި
ހަސަން ހަލީމް
28 އޭޕްރީލް 2025 - 19:05
0
comments
Tweet
Telegram
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓު، މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ދޫކުރުމުގެ ހިދުމަތް މިއަދު އިފުތިތާހު ކޮށްފި އެވެ.
މި ހިދުމަތް އިފުތިތާހު ކުރީ، މެލޭޝިޔާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މިއަދު އެ ގައުމުގައި ދިރިއުޅޭ ދިވެހީންނާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ.
އެ ގައުމުގައި ފުރަތަމަ ޕްރިންޓުކުރި ދިވެހި ޕާސްޕޯޓާއި އައިޑީ ކާޑު، އޭގެ ވެރިފަރާތާ ހަވާލުކޮށްދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނެވެ.
މި ދެ ހިދުމަތް ވެސް މާދަމާއިން ފެށިގެން، މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ލިބޭނެއެވެ. މިއީ ބޭރު ގައުމެއްގައި ރާއްޖޭގެ އީ-ޕާސްޕޯޓު ދޫކުރާ ފުރަތަމަ ފަހަރެވެ.
މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހިންނާއި ކިޔަވާ ކުދިން އުޅެމުން އަންނަ ގައުމެކެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ މެލޭޝިއާގައި އުޅޭ ދިވެހިންނަށް ހިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން މަސައްކަތައް ކުރަމުން އަންނަ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވަނީ މެލޭޝިއާގަައި އުޅޭ ދިވެހި ކިޔަވާ ކުދިން ތަމްސީލުކުރުމަށް ސްޓޫޑަން އެސޯސިއޭޝަން ވެސް އުފައްދައިފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ޖަމިއްޔާ އަށް ވެސް މަހަކު 3،000 ޑޮލަރު ޖަމާކުރާނެ އެެވެ. އެއީ ޖަމިއްޔާ ހިންގުމަށްވާ އެހީއެއް ކަމަށް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވަނީ މެލޭޝިއާގައި ކިޔަވާ ދަރިވަރުންގެ އިތުރުން މި ގައުމުގައި ދިރިއުޅެމުންދާ ދިވެހިންނަށް ވެސް ލުއި ގޮތްތައް ހޯދައިދިނުމަށް ސަރުކާރުން އެކި މަސައްކަތްތައް ކުރާ ކަމަށް ވިދާޅުވެފަ އެވެ.
ރަސްމީ ދަތުރުފުޅެއްގައި ރައީސް މެލޭޝިޔާއަށް ވަޑައިގަތީ، އެ ގައުމުގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދައުވަތަކަށެވެ.
މިދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 ގަޑިއިރު ކުރިން
0
ބޭރު ގައުމެއްގައި ކިޔެވިޔަސް ދީނުގެ ހަމަތައް ދޫކޮށްނުލާތި: ރައީސް
4 ގަޑިއިރު ކުރިން
0
މެލޭޝިއާގެ ވިޔަފާރިތަކުން ރާއްޖޭގެ ތަރައްގީއަށް އިންވެސްޓްކުރަން ރައީސްގެ ދައުވަތެއް
4 ގަޑިއިރު ކުރިން
0
ހަބީބު ވަކިވުމުން ރިޔާސީ ކޮމިޝަންގެ އަދަދު 5އަށް އިތުރުކޮށްފި
12 ގަޑިއިރު ކުރިން
0
ރާއްޖެއިން އިޒްރޭލު ޕާސްޕޯޓް މަނާކުރުމަކީ ހިތްވަރުގަދަ ނިންމުމެއް: މެލޭޝިއާ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އަމީންގެ ގޭގެ ސީސީޓީވީ ހަލާކުވެފައި، ފުޓޭޖް ނުލިބުނު
56 މިނެޓް ކުރިން
0
ފަސް މީހުންނާއެކު ގައްދޫން ހުޅުމާލެއަށް ދަތުރުކުރި ސަޕްލައި ދޯންޏެއް ގެއްލިއްޖެ
1 ގަޑިއިރު ކުރިން
0
ތަހުގީގަށް ރައުދު އެއްބާރުލުން ދޭ: ފުލުހުން
3 ގަޑިއިރު ކުރިން
0
ބޭރު ގައުމެއްގައި ކިޔެވިޔަސް ދީނުގެ ހަމަތައް ދޫކޮށްނުލާތި: ރައީސް
3 ގަޑިއިރު ކުރިން
0