ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
މެލޭޝިއާގެ ވިޔަފާރިތަކުން ރާއްޖޭގެ ތަރައްގީއަށް އިންވެސްޓްކުރަން ރައީސްގެ ދައުވަތެއް
އަހުމަދު ނިހާން
28 އޭޕްރީލް 2025 - 19:00
0
comments
Tweet
Telegram
ދިވެހިރާއްޖޭގައި ހުރި ވިޔަފާރީގެ އާ ފުރުސަތުތަކުގެ ބޭނުން ހިފައި، ރާއްޖެއަކީ މިހާރަށް ވުރެ ވަރުގަދަ، ވިޔާފާރިތަކަށް ފަހި އަދި މުސްތަގުބަލަށް ތައްޔާރުވެފައިވާ ގައުމަކަށް ހެދުމަށް ގެންގުޅޭ ތަސައްވުރުގައި ބައިވެރިވުމަށް މެލޭޝިއާގެ ވިޔަފާރިތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދައުވަތު ދެއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމަނިކުފާނު މެލޭޝިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރިއަށް ގެންދިޔަ މޯލްޑިވްސް- މެލޭޝިއާ ބިޒްނަސް ފޯރަމްގައި މިއަދު ތަގުރީރު ކުރައްވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައިވަނީ، މި ސަރުކާރުން ކުރިއަށްދަނީ ރައްޔިތުންނަށްވީ ވަޢުދުތައް ފުއްދައި ދިނުމުގެ އަޒުމުގައިކަމުގެ ޔަގީންކަން ދެއްވައިފައެވެ. ރައީސް ވަނީ، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށާއި މުއައްސަސާތައް ހަރުދަނާ ކުރުމަށާއި ދިވެހި ޖަޒީރާތަކަށް ލިބިފައިވާ ވަސީލަތްތަކުގެ ފުރިހަމަ ބޭނުން ހިފޭނޭ މަގުފަހި ކުރުމަށް، މި ސަރުކާރުން ވެފައިވާ ވައުދުތަކަކީ، އެ މަނިކުފާނު ޚާއްސަ އަހަންމިއްޔަތުކަން ދެއްވާ ކަންތައްތަކެއް ކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ މިނިވަން ކަމަށް 75 އަހަރު ފުރޭ 2040 ވަނަ އަހަރާ ދިވެހިރާއްޖެ ބައްދަލުކުރާނީ ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ކަމަށް ހެދުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމަށް މެލޭޝިއާގެ ވިޔަފާރިތަކަށް ހާއްސަ ގޮތެއްގައި ދައުވަތު ދެއްވާފަ އެވެ.
"ރާއްޖެއިން މި ތަސައްވަރުކުރާ ބަދަލަކީ އެކަނި ގެނެވޭނޭ ބަދަލެއް ނޫން. އެހީތެރިކަން ބޭނުންވާ ދާއިރާތަކުން އެއް ގައުމުން އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިއްމު ކަމެއް،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދީ ހާއްސަ ސަރަހައްދު (އީއީޒެޑް)ގައި އިންވެސްޓް ކުރުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ހުޅުވާލާފައިވާ ފުރުސަތުތައްވެސް ރައީސް ވަނީ ހިއްސާކުރައްވާފަ އެވެ. ރާއްޖެއިން ޝައުގުވެރިވަނީ ދެ ފަރާތަށްވެސް ފައިދާކުރަނިވި އިތުބާރު ހިފޭ ފަދަ ހަރުދަނާ ތަރައްގީގެ ބައިވެރީން ހޯދުމަށް ކަމުގައިވެސް ވިދާޅުވި އެވެ.
ރާއްޖެ އިން ލިބެން ހުރި ފައިދާތަކަށް އިޝާރާތްކުރައްވަމުން ރައީސް ވަނީ ޖޯގްރަފީ ގޮތުން ރާއްޖެ އޮންނަނީ ކަނޑުދަތުރުފަތުރުގެ މުހިއްމު ސަރަހައްދެއްގައި ކަމަށްވާތީ ކަނޑުދަތުރުފަތުރާ ގުޅުންހުރި ދާއިރާތަކުގައި އިންވެސްޓް ކުރެވިދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި ދުނިޔެއަށް ނަން މަޝްހޫރު، ދިވެހި ފަތުރުވެރިކަމުގެ ދާއިރާގައި ހާއްސަކޮށް އިކޯ-ޓޫރިޒަމުގެ ދާއިރާގައި ހުރި ފުރުސަތުތަކާ ގުޅޭ ބައެއް މައުލޫމާތުވެސް ރައީސް ހިއްސާކުރެއްވި އެވެ.
ރައީސްގެ ތަގުރީރު ނިންމަވާލެއްވީ ދިވެހިން މިތިބީ، ރާއްޖެއަށް ޒިޔާރަތްކުރާ މީހުންގެ ގޮތުގައްޔާއި ރާއްޖޭގެ މުސްތަގުބަލާއި ތަމައްދުނުގެ ބައިވެރިންގެ ގޮތުގައި މެލޭޝިއާގެ ރައްޔިތުންނަށް މަރުހަބާ ކިޔަން ތައްޔާރަށްކަމުގައި ވިދާޅުވެފަ އެވެ.
ރައީސް މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ އެ ގައުމުގެ ބޮޑުވަޒީރު އަންވަރް އިބްރާހީމާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލު ކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ވިޔަފާރިއާއި ފަތުރުވެރިކަމާއި ތައުލީމީ ދާއިރާއިން ވެސް ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރައްވާފައެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 ގަޑިއިރު ކުރިން
0
ބޭރު ގައުމެއްގައި ކިޔެވިޔަސް ދީނުގެ ހަމަތައް ދޫކޮށްނުލާތި: ރައީސް
4 ގަޑިއިރު ކުރިން
0
މެލޭޝިއާގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް ފަށައިފި
4 ގަޑިއިރު ކުރިން
0
ހަބީބު ވަކިވުމުން ރިޔާސީ ކޮމިޝަންގެ އަދަދު 5އަށް އިތުރުކޮށްފި
12 ގަޑިއިރު ކުރިން
0
ރާއްޖެއިން އިޒްރޭލު ޕާސްޕޯޓް މަނާކުރުމަކީ ހިތްވަރުގަދަ ނިންމުމެއް: މެލޭޝިއާ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އަމީންގެ ގޭގެ ސީސީޓީވީ ހަލާކުވެފައި، ފުޓޭޖް ނުލިބުނު
49 މިނެޓް ކުރިން
0
ފަސް މީހުންނާއެކު ގައްދޫން ހުޅުމާލެއަށް ދަތުރުކުރި ސަޕްލައި ދޯންޏެއް ގެއްލިއްޖެ
1 ގަޑިއިރު ކުރިން
0
ތަހުގީގަށް ރައުދު އެއްބާރުލުން ދޭ: ފުލުހުން
2 ގަޑިއިރު ކުރިން
0
ބޭރު ގައުމެއްގައި ކިޔެވިޔަސް ދީނުގެ ހަމަތައް ދޫކޮށްނުލާތި: ރައީސް
3 ގަޑިއިރު ކުރިން
0