ޚަބަރު
ވިނަރެސް ފްލެޓެއްގެ ތެެރެއިން ހަބަރު ހުސްވެފަ އޮތް މީހަކު ފެނިއްޖެ
ހުޅުމާލޭގެ ވިނަރެސް ފްލެޓްތައް -- ފޮޓޯ/ ދައުރު
ހުޅުމާލެ ފޭސް 2، ވިނަރެސް ފްލެޓެއްގެ ތެެރެއިން ހަބަރު ހުސްވެފަ އޮތް މީހަކު ފެނިއްޖެ އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ހެނދުނު 06:05 ހާއިރު ވިނަރެސް ޓަވަރެއްގެ އެޕާޓްމަންޓަކުން އަންހެނަކު ހަޅޭއްލަވާ އަޑަށް ފުލުހުން ވަގުތުން އެޓެންޑުވި ކަމަށެވެ.

އަދި އެ ގެއަށް ވަދެ، ވީނުވީ ބެލިއިރު 21 އަހަރުގެ އަންހެނަކު ޚަބަރު ހުސްވެެފައި އޮއްވައި ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

އެއާއެކު އެ އަންހެން މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި މި ވަގުތު އޭނާއަށް ފަރުވާ ދެމުން އަންނަކަމަސް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު