ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
ކާޑު ޑޭޓާ ކޮމްޕްރޮމައިޒްވެގެން ހިނގާ މުއާމަލާތްތަކުން ކަސްޓަމަރުންނަށް މާލީ ގެއްލުމެއް ނުވާނެ: ބީއެމްއެލް
އަހުމަދު ނިހާން
24 އޭޕްރީލް 2025 - 13:44
0
comments
Tweet
Telegram
ކާޑުގެ މައުލޫމާތު ކޮމްޕްރޮމައިޒްވާ ހާލަތްތަކުގައި ވެސް ކަސްޓަމަރުންނަށް އެއްވެސް މާލީ ގެއްލުމެއް ނުވާނެ ކަމަށް ބީއެމްއެލް އިން ބުނެފި އެވެ.
ބީއެމްއެލްއިން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، ބޭންކުގެ ކާޑު އަދި ޕޭމަންޓް ސިސްޓަމްތައް ގާއިމްކޮށްފައި ވަނީ ޕޭމަންޓް ކާޑު އިންޑަސްޓްރީ ޑޭޓާ ސެކިއުރިޓީ ސްޓޭންޑަޑްތަކާ އެއްގޮތަށް ކަމަށެވެ.
އެގޮތުން، ބީއެމްއެލްއިން ވިސާ ތްރީޑީ ސެކުއާ، މާސްޓާ ކާޑު ސެކުއަކޯޑް އަދި އެމެރިކަން އެކްސްޕްރެސް ސޭފްކީ ފަދަ ބައިނަލްއަޤްވާމީ ކާޑު އެސޯސިއޭޝަންތަކުގެ ސެކިއުރިޓީ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރަމުންދާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
އެހެންކަމުން، އޮންލައިންކޮށް ކާޑުން ކުރެވޭ ހުރިހާ މުއާމަލާތްތަކަކަށް އެކަށީގެންވާ ވެރިފިކޭޝަން ޕްރޮސެސްއެއް ހިންގައި، މަލްޓި ފެކްޓާ އޮތެންޓިކޭޝަން ބޭނުންކުރެވޭކަން ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ.
ބީއެމްއެލްއިން ބުނީ އެ ބޭންކުގެ ކާޑު އަދި ޕޭމަންޓް ސިސްޓަމްތައް ގާއިމްކޮށްފައި ވަނީ ޕޭމަންޓް ކާޑު އިންޑަސްޓްރީ ޑޭޓާ ސެކިއުރިޓީ ސްޓޭންޑަޑްސްތަކާ އެއްގޮތަށް ކަމަށެވެ. އަދި ވިސާ ތްރީޑީ ސެކުއާ، މާސްޓާކާޑު ސެކުއާކޯޑް އަދި އެމެރިކަން އެކްސްޕްރެސް ސޭފްކީ ފަދަ ބައިނަލްއަގުވާމީ ކާޑު އެސޯސިއޭޝަންތަކުގެ ސެކިއުރިޓީ މިންގަނޑުތަކާ އެއްގޮތަށް އެ ބެންކުން އަމަލުކުރަމުންދާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލްއިން ބުނީ އޮންލައިންކޮށް ކާޑުން ކުރެވޭ ހުރިހާ މުއާމަލާތްތަކަށް އެކަށީގެންވާ ވެރިފިކޭޝަން ޕްރޮސެސްއެއް ހިންގައި، މަލްޓި-ފެކްޓާ އޮތެންޓިކޭޝަން ބޭނުންކުރަމުން އަންނަ ކަމަށެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މާޗަންޓުންނާއި އީ-ކޮމާސް މާޗަންޓުންގެ ސިސްޓަމްތައް ކޮމްޕްރޮމައިޒްވާ ހާލަތްތަކުގައި ކާޑުތަކުގެ ބައެއް މައުލޫމާތު ވަކި ޕަބްލިކް ޑޮމެއިންތަކުގައި ފެންނަން ހުރެދާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އަދި މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާއިމްވެފައިވާ، ކާޑު ދޫކުރާ ފަރާތްތަކުގެ އެތައް މިލިއަން ކަސްޓަމަރުންނަށް ދިމާވާ ހާލަތެއް ކަމަށާއި ކާޑު ކޮމްޕްރޮމައިޒްވެ ހިނގާ މުއާމަލާތްތަކުގައި ކަސްޓަމަރުންނަށް މާލީ ގެއްލުން ނުވާނެ ކަމަށް ބުންޏެވެ.
ދާދި ފަހުން ބީއެމްއެލްގެ ކާޑުތަކެއް ކޮމްޕްރޮމައިޒްވެ، ފައިސާގެ މުއާމަލާތްތަކެއް ހިނގާފައިވާކަމަށް ދައްކާތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މީގެކުރިން ބީއެމްއެލް ކާޑުގެ މައުލޫމަތު ކޮމްޕްރޮމައިޒް ވުމުގެ ހާދިސާތައް ހިނގާފައި ވެއެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 މަސް ކުރިން
0
ހއ. އަތޮޅަށް ބީއެމްއެލްގެ ގެސްޓު ހައުސް ފައިނޭންސިންގ ތައާރަފުކޮށްފި
1 މަސް ކުރިން
0
އުތުރުގެ ހަތް ރަށެއްގައި ބީއެމްއެލް އެޓީއެމްގެ ހިދުމަތް ފަށައިފި
1 މަސް ކުރިން
0
އެމްއައިބީގެ ހިއްސާދާރުންނަށް 103 މިލިއަން ރުފިޔާ ބަހަން ހުށަހަޅަނީ
1 މަސް ކުރިން
0
ބީއެމްއެލް އިން ހިއްސާއަކަށް 55ރ. ބަހަނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ހާދިސާގެ ފުޓޭޖު ފުލުހުން އާންމު ކުރުމުން އިތުބާރު ގެއްލޭ: އެޗްއާރުސީއެމް
17 މިނެޓް ކުރިން
0
ރާއްޖޭގެ ފުރަތަމަ ރޭޑިއޯގްރަފީ ކޯސް 23 ދަރިވަރަކު ފުރިހަމަކޮށްފި
52 މިނެޓް ކުރިން
0
ރ. ދުވާފަރުގައި 100އަށްވުރެ ގިނަ ބިދޭސީން ބަލައިފާސްކޮށްފި
55 މިނެޓް ކުރިން
0
ކާޑު ޑޭޓާ ކޮމްޕްރޮމައިޒްވެގެން ހިނގާ މުއާމަލާތްތަކުން ކަސްޓަމަރުންނަށް މާލީ ގެއްލުމެއް ނުވާނެ: ބީއެމްއެލް
3 ގަޑިއިރު ކުރިން
0