ޚަބަރު
ރާއްޖޭގެ ފުރަތަމަ ރޭޑިއޯގްރަފީ ކޯސް 23 ދަރިވަރަކު ފުރިހަމަކޮށްފި
ރާއްޖޭގައި އަލަށް ހިންގި ރޭޑިއޯގްރާފަރުން ތަމްރީނުކުރުގެ ޕްރޮގްރާމް ކޯސް 23 މީހަކު ފުރިހަމަކޮށްފި އެވެ.

އެސްޓީއޯ އާއި ޖީއީ ހެލްތު ކެއާ ގުޅިގެން "ޑިޕްލޮމާ އިން ރޭޑިއޯގްރަފީ"ގެ ނަމުގައި މި ކޯސް ފެށީ 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.

ވިލާ ކޮލެޖުގައި ރޭ ބޭއްވި މި ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމު އިބްރާހީމް އެވެ.

މި ކޯހުގައި 25 މީހަކު ބައިވެރިވި އިރު، ކޯސް ފުރޮހަމަކޮށް ސެޓްފިކެޓް ހާސިލުކުރީ 23 ބައިވެރިންނެވެ.

މި ކޯހަކީ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ފަރުމާކުރެވިފައިވާ، ދެ އަހަރުގެ ތިއަރީ އާއި ހަ މަސް ދުވަހުގެ ޢަމަލީ ތަޖުރިބާ ހިމެނޭ ކޯހެކެވެ.

އެގޮތުން ބައިވެރިންނަށް ކްލިނިކަލް ތަމްރީނާއި އިންޓާންޝިޕް ފުރިހަމަ ކުރުން ކުރިއަށް ގެންދިޔައީ މާލެ ސަރަހައްދުގެ އެންމެ ބޮޑު ފަސް ހޮސްޕިޓަލްތައް ކަމަށްވާ އައިޖީއެމްއެޗް، އޭޑީކޭ، ސެނަހިޔާ، ޓްރީޓޮޕް އަދި ހުޅުމާލެ ހޮސްޕިޓަލްގަ އެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު